އިންތި ގަޔަށް ޕެޓްރޯލް ޖެހި މައްސަލައިގާ ދެމީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ގެ ގަޔަށް ޕެޓްރޯލްޖެހި މައްސަލައިގާ ދެމީހަކު ހޯދަން ފުލުހުން ވީޑިއޯއެއް އާންމުކޮށްފި އެވެ. ފުލުހުން ބުނީ ވީޑިއޯ އިނ...

28 Feb 2015 | 16:57

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ގެ ގަޔަށް ޕެޓްރޯލްޖެހި މައްސަލައިގާ ދެމީހަކު ހޯދަން ފުލުހުން ވީޑިއޯއެއް އާންމުކޮށްފި އެވެ.

ފުލުހުން ބުނީ ވީޑިއޯ އިން ފެންނަ 2 މީހުންނަކީ ފުލުހުންނަށް 2014 ޑިސެމްބަރު 14 ވަނަ ދުވަހު ހުށަހެޅި، ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ބަލަމުންދާ އިންޒާރުދިނުމާއި ބިރުދެއްކުމުގެ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހުންނަކީ ކޮންބައެއްކަން ދެނެގަނެވިފައި ނުވާތީ ހޯދިފައި ނުވާމީހުން ކަމަށެވެ.

https://www.youtube.com/watch?v=ad5E2uKjw6w

މި ދެ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް