ރޭގެ މުޒާހަރާގައި ހައްޔަރުކުރީ 34 މީހުން ދޫކޮށްލީ ހަތް މީހުން

އިދިކޮޅު ސިޔާސީ ދެ ޕާޓީ ކަމުގައިވާ އެމްޑީޕީ އަދި ޖޭޕީ ގުޅިގެން ރޭ ކުރިއަށްގެންދިޔަ މުޒާހަރާގައި ހައްޔަރުކުރީ 34 މީހުން ކަމަށާއި އޭގެ ތެރެއިން ހަތް  މީހަކު ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެފި އެވެ. ދު...

28 Feb 2015 | 08:11

އިދިކޮޅު ސިޔާސީ ދެ ޕާޓީ ކަމުގައިވާ އެމްޑީޕީ އަދި ޖޭޕީ ގުޅިގެން ރޭ ކުރިއަށްގެންދިޔަ މުޒާހަރާގައި ހައްޔަރުކުރީ 34 މީހުން ކަމަށާއި އޭގެ ތެރެއިން ހަތް  މީހަކު ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭގެ މުޒާހަރާގައި 34 މީހަކު ހައްޔަރުކުރި އިރު ނަސޭހަތް ދިނުމަށްފަހު ތަނުން ތަނަށް 6 މީހަކު ދޫކޮށްލި ކަމަށެވެ. އަދި ދޫކޮށްލި މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ ކުޑަކުއްޖަކުވެސް ހިމެނޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ރޭގެ މުޒާހަރާ ކުރިއަށް ގެންގޮސްފައިވަނީ ރައީސް ޔާމީންގެ ގެ ހިމެނޭ މަގާ ދިމާލުން މަޖީދީ މަގާއި ސިޓީ ކައުންސިލާ ދެމެދުގަ އެވެ. ރޭގެ މުޒާހަރާގައި ނޫސްވެރިންގެ ގަޔަށް ކަޅުތެޔޮ ޖެހުމުގެ އިތުރުން ތިމަރަ ބަރުވެސް ފުލުހުންނާ ދިމާލަށް އުކާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް