ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރުކަމުން މިއަދު ވަކިކޮށްފައިވާ ފައިސަލް އިބްރާހިމް ރައީސް ނަޝީދުގެ ބަސްފުޅެއް އެކްސްގައި އާ ކުރައްވައިފިއެވެ.
އެ ބަސްފުޅަކީ "ކާމިޔާބީގާ ހިތް ތިރިކުރާށެވެ. އަދި ނާކާމިޔާބީގައި ހިތްވަރުގަދަކުރާށެވެ" މި ބަސްފުޅެވެ.
އެކްސްގެ އެ ޕޯސްޓްގައި ފައިސަލް ވަނީ ރައީސް ނަޝީދުވެސް ޓެގު ކުރައްވާފައެވެ.
ފައިސަލް މިއަދު މަގާމުން ދުރުކޮށްފައިވާއިރު ފައިސަލްގެ ބައްޕާފުޅު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވީ މަގާމުން ދުރުކުރާފަދަ ކަމެއް ފައިސަލްގެ ފަރާތުން ފެނިގެންގޮސްފައިވާކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް