ވަރުގަދަ ފިލްމެއް މި އަހަރުގެ ފަހުކޮޅު ނިކުމެދާނެކަމުގެ އިޝާރާތްތަކެއް ދޭން ފަށައިފިއެވެ.
އެގޮތުން އިއްޔެ ވަނީ ވަރަށް ސަޕްރައިޒިންގ ޓްރެއިލަރ އެއް ނެރެފައެވެ. އެ ޓްރެއިލާއިން ފެންނަނީ ތަމިލް ސިނަމާގެ ވަރުގަދަ ތަރި ވެންކަޓޭޝް ޕްރަބޫ ކަސްތޫރީ ރާޖާ ނުވަތަ ސިނަމަ ނަމުން ނަމަ ދަނުޝް އެވެ. ދަނުޝް އަކީ ހިޓް ފިލްމުތަކެއް ދެމުން އަންނަ މަގްބޫލު އަދި އިންޑަސްޓްރީގައި ވަރުގަދަ އެކްޓަރެކެވެ.
ކަލަރ ޔެލޯ ޕްރޮޑަކްޝަންސް އަދި ޓީސީރީސް އިން އިއްޔެ ނެރުނު ޓްރެއިލާއަށް 24 ގަޑިއިރު ނުވަނީ އެތައް މިލިޔަން ވިއުސްއެއް ލިބިފައިވެއެވެ.
https://www.youtube.com/watch?v=F3HasmTp-MQ
އެއީ "ތެރޭ އިޝްކްމޭ" ނަމަކަށް ކިޔާ ފިލްމެކެވެ.
މިއަދު އެ ފިލްމުގެ ދެވަނަ ޓްރެއިލަރ ދޫކޮށްލާފައިވާއިރު ދެވަނަ ޓްރެއިލަރ އިން ފެނިގެންދަނީ ކްރިތީ ޝަނޮން އެވެ.
https://www.youtube.com/watch?v=r6NA61FknpE
އަނަންދު އެލް ރާއިގެ މި ފިލްމަކީ ޓީ ސީރީޒް އާއި ކަލަރ ޔެލޯ ޕްރޮޑަކްޝަނުން އުފައްދާ ފިލްމެކެވެ. މި ފިލްމަށް މިއުޒިކް ހަދާދެނީ އޭއާރް ރަހްމާނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް