ފައިސަލް މަގާމުން ވަކި ކުރަންޖެހޭ ސަބަބެއް އޮތްކަމަށް ދެކެނުލައްވާކަމަށް ދައުރު ނޫހަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވެއްޖެ

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކުރަން ޖެހޭ ސަބަބެއް އޮތްކަމަށް ދެކެވަޑައިނުގަންނަވާކަމުގައި ފައިސަލްގެ ބައްޕާފުޅު، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ...

28 Jan 2025 | 06:30

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކުރަން ޖެހޭ ސަބަބެއް އޮތްކަމަށް ދެކެވަޑައިނުގަންނަވާކަމުގައި ފައިސަލްގެ ބައްޕާފުޅު، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ދައުރު ނޫހަށް ދެއްވި އިންޓަވިއުއެއްގައެވެ.

މި ވެރިކަމަކީ ފައިސަލްގެވެސް ބުރަ މަސައްކަތާއެކު ގެނެސްފައިވާ ވެރިކަމެއްކަން އަބްދުއްރަހީމް ފާހަގަކުރައްވާފައިވެއެވެ. އަދި ވަޒީރު ކަމުގައި ވީ ދުވަސްތަކުގައި ފައިސަލްގެ ހިޔާނާތުގެ ކަމެއް ހިންގަވާފައިނުވާކަމާއި މަސްއޫލިއްޔަތު އަދާކުރުމުގައި ފައިސަލްގެ ގޯސްކަމެއް ނެތްކަން އަބްދުއްރަހީމް ފާހަގަކުރައްވާފައިވެއެވެ.

ފައިސަލް ސަރުކާރާއެކު ހުރެދާނެތޯވެސް ދައުރުން އަބްދުއްރަހީމާ ސުވާލުކޮށްފައިވެއެވެ. ޖަވާބުގައި އަބްދުއްރަހީމް ވިދާޅުވެފައިވަނީ ފައިސަލް ދެން މި ސަރުކާރާއެކު ނުހުންނާނެ ކަމަށެވެ. އަދި ވީ ގޮތް ނޭނގޭ ކަމަށާއި ރައީސާއި އަބްދުއްރަހީމާއި ދެމެދު ގުޅުން ރަނގަޅު ނަމަ އެކަން އެމަގުން ނުހިނގާނެކަންވެސް އަބްދުއްރަހީމް ދައުރަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް