ބަންގްލަދޭޝް ސަރުކާރުން ރޯދަމަހު ކިރާއި ބިހާއި ދިރޭ ކުކުޅު އިންތިހާ ހެޔޮ އަގެއްގައި ވިއްކަން ތައްޔާރުވެއްޖެ

ކިރާއި ބިހާއި ދިރޭ ކުކުޅު އިންތިހާ ހެޔޮ އަގެއްގައި ކުރިއަށް އޮތް ރޯދަމަސްތެރޭގައި ސަރުކާރުން ވިއްކާނެ ޕްލޭނެއް ބަންގްލަދޭޝް އިން އެކުލަވާލައިފިއެވެ. ބަންގްލަދޭޝް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ...

28 Jan 2025 | 01:30

ކިރާއި ބިހާއި ދިރޭ ކުކުޅު އިންތިހާ ހެޔޮ އަގެއްގައި ކުރިއަށް އޮތް ރޯދަމަސްތެރޭގައި ސަރުކާރުން ވިއްކާނެ ޕްލޭނެއް ބަންގްލަދޭޝް އިން އެކުލަވާލައިފިއެވެ.

ބަންގްލަދޭޝް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ ޤައުމުގެ ފިޝަރީޒް އެންޑް ލައިވްސްޓޮކް މިނިސްޓްރީން އިންތިޒާމުކުރާ "މޯބައިލް ސޭލްސް ޑްރައިވް" ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަސް ނިމެންދެން ކުރިއަށްގެންދާނެއެވެ.

ރިޕޯޓްކޮށްފައިވާގޮތުގައި އެ "މޯބައިލް ސޭލްސް ޑްރައިވް" ގައި ކިރު ލީޓަރެއް 80 ޓާކާއަށް (ދިވެހި ރުފިޔާއިން ބަލާނަމަ 10 ރުފިޔާ) އަށް، ބިހެއް 9.5 ޓާކާއަށް (ދިވެހި ރުފިޔާއިން ބަލާނަމަ 1 ރުފިޔާ 20 ލާރި) އަށް އަދި ދިރޭ ކުކުޅު ކިލޯއެއްގެ މަގުން ބަލާނަމަ ކިލޯއެއް 250 ޓާކާ (ދިވެހި ރުފިޔާއިން ބަލާނަމަ 32) ރުފިޔާއަށް ވިއްކާނެއެވެ.

އެ ސޭލްސް ޑްރައިވް ކުރިއަށްގެންދަން ނިންމާފައިވަނީ މަދުން އާމްދަނީ ލިބޭ އާބާދީއަށް އަމާޒުކޮށެވެ. ސޭލްސް ޑްރައިވްގެ ކަންކަން މޮނީޓަރ ކުރާނެ ކޮމިޓީއެއްވެސް އެކުލަވާލާފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް