ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަމާއި ގުޅޭ ގޮތުން، ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް ގާނޫނު އަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތު މިއަދު އަދާކޮށްފައިވޭތޯ ބެލުމަށް މަޖިލީހުގެ ސަލާމަތީ ކަންތައްތަކާ ބެހޭ ކޮމިޓީއަށް ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރު އީވާ އަބްދުﷲ ހުށަހަޅުއްވައިފިއެވެ.
ޤާނޫނު އަސާސީގެ 105 ވަނަ މާއްދާގެ (ހ)ގ ގައި، ރައްޔިތުންގެ މަޖިލީހުގެ ގެއާއި، އެގޭގެ ގޯތިތެރެއާއި، ރައްޔިތުންގެ މަޖިލީހުގެ ދަށުން ހިނގާ އެންމެހައި ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ވާނީ ދައުލަތުގެ ސަލާމަތީ ޚިދުމަތްތަކުން ކަމަށް ވަނީ ބަޔާންކޮށްފައެވެ.
މަޖިލީހުގެ ސަލާމަތީ ކަންތައްތަކާ ބެހޭ ކޮމިޓީއަށް އީވާ މައްސަލަ ހުށަހަޅުއްވައިފައި ވަނީ މިއަދު ރައްޔިތުންގެ މަޖިލީގެ ގެ ކައިރީގައި މުޒާހަރާކުރަމުން ދިޔައިރު މުޒާހަރާގެ ބައިވެރިން މަޖިލީހުގެ ގޭގެ ވަށާފާރު މައްޗަށް އަރައި، ގޯތި ތެރެއަށް އެކި އެއްޗެހި އުކާފައިވާއިރު، އެމްއެންޑީއެފް އަދި ދިވެހި ފުލުހުންގެ ހިދުމަތުން އެ ފަރާތަށް ޤާނޫނު އަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކޮށްފައިވޭތޯ ބެލުމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އައްޔަންކުރައްވާފައިވާ ކެބިނެޓުގެ ބައެއް ބޭފުޅުންނަށް މަޖިލީހުން ރުހުން ދިނުމުގެ މައްސަލަ ހޫނުވެ، މަޖިލިސް ތެރޭގައި މާރާމާރީ ހިންގައި ބައެއް މެމްބަރުންނަށް ވަނީ އަނިޔާވެސް ވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް