މީހުން ހޯދުމަށާއި ސިއްހީ ހާލަތްތަކަށް އަލުން ހެލިކޮޕްޓަރު ދުއްވަން ފަށަނީ

ގެއްލޭ މީހުން ހޯދުމަށާއި އިމަޖެންސީ ހާލަތްތަކުގައި ސިއްހީ ފަރުވާއަށް މީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމަށް ހާއްސަކޮށްގެން ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފަށަން މިއަދު ނިންމައިފިއެވެ. ކެބިނެ...

28 Jan 2024 | 13:23

ގެއްލޭ މީހުން ހޯދުމަށާއި އިމަޖެންސީ ހާލަތްތަކުގައި ސިއްހީ ފަރުވާއަށް މީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމަށް ހާއްސަކޮށްގެން ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފަށަން މިއަދު ނިންމައިފިއެވެ.

ކެބިނެޓު ބައްދަލުވުމުގެ މައުލޫމާތުތައް ހިއްސާކުރުމަށް ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީން ހުށަހެޅި ކަރުދާހާއި ގުޅިގެން ދެ އިންޖީނުލީ ހެލިކޮޕްޓަރު ހޯދުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

އެ މަސައްކަތް ފަހިކުރުމުގެ ގޮތުން، ސްޓްރިކްޓް ބިޑިންގ އެއްގެ ދަށުން އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދައި، ގެއްލޭ މީހުން ހޯދުމަށާއި ސިއްހީ ހާލަތްތަކަށް އިސްކަން ދިނުމަށް ހެލިކޮޕްޓަރު ބޭނުންކުރަން ނިންމާފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ހެލިޕެޑް އަޅަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޖާގައެއް ހަމަޖެއްސުމަށްވެސް ނިންމާފައިވާ ކަމަށެވެ.

ރާއްޖޭގައި މީގެ ކުރިން ހެލިކޮޕްޓަރު ދުއްވި ނަމަވެސް، އޭރު ހިދުމަތް ދިން ހަމިންބާޑު ހެލިކޮޕްޓަރުތަކެއް ވެއްޓި ހިނގި އެކްސިޑެންޓުތަކާ ގުޅިގެން ހެލިކޮޕްޓަރު ހިދުމަތް ދިނުން ރާއްޖޭގައި ވަނީ މަނާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް