މެމްބަރުންގެ ގަޔަށް އަތްލާ މާރާމާރީ ހިންގަމުން އަންނަނީ މަޖިލީހުގެ ރައީސް ހިތްވަރުދީގެން: ޕީޕީއެމް/ޕީއެންސީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގަޔަށް އަތްލާ މާރާމާރީ ހިންގަމުން އަންނަނީ މަޖިލީހުގެ ރައީސް ހިތްވަރުދީގެން ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލ...

28 Jan 2024 | 13:05

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގަޔަށް އަތްލާ މާރާމާރީ ހިންގަމުން އަންނަނީ މަޖިލީހުގެ ރައީސް ހިތްވަރުދީގެން ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

އެ ކޮންގްރެސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ދައުރުން ބޭރުން މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރޭގައި މަޖިލީހުގެ ރައީސް ނިސްބަތްވާ ޕާޓިގެ މެމްބަރުން ހަމަނުޖެހުން ހިންގާ މާރާމާރީ ހިންގުން އަދި އެކަމަށް މަޖިލީހުގެ ރައީސް ހިތްވަރު ދިނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ މިއަދުގެ ޖަލްސާގައި އެ ކޯލިޝަނަށް ނިސްބަތްވާ މެމްބަރުންގެ ގަޔަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނިސްބަތްވާ ޕާޓީގެ މެމްބަރުން އަތްލާ، މާރާމާރީ ހިންގާ، އަދި މެމްބަރެއްގެ ބޯވެސް ފަޅާލާފައިވާއިރު، އެކަން ހުއްޓުމަށް އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވުމަކީ މަޖިލީހުގެ ރައީސް އެކަމަށް ހިތްވަރުދިނުން ކަމަށާއި، އެއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ސަރުކާރު ކޯލިޝަނުން ވަނީ މަޖިލީހުގެ ޖަލްސާތައް އިންތިޒާމް ކުރެވޭއިރު މަޖިލީހުގެ މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމާއި، ހަމަނުޖެހުމަށް ފުރުސަތު ނުދިނުމަށް ގޮވާލާފައެވެ. އަދި މަޖިލީހުގައި ހިނގައި ދިޔަ ކަންކަން ކަމާބެހޭ މުއައްސަސާތަކަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ ކަންކަން އެ ކޯލިޝަނުން ކުރަމުން ގެންދާނެ ކަމަށްވެސް ބުންޏެވެ.

މިއަދުގެ ހަމަނުޖެހުންތަކުގެ ތެރޭގައި ޕީޕީއެމް/ޕީއެންސީ އިން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅާފައެވެ. މި މައްސަލަ ހުށަހަޅާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އައްޔަންކުރައްވާފައިވާ ކެބިނެޓުގެ ބައެއް ބޭފުޅުންނަށް މަޖިލީހުން ރުހުން ދިނުމުގެ މައްސަލަ ހޫނުވެފައިވަނިކޮށެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ވޯޓަށް އެހުމަށް މިއަދު 1:30 އަށް ތާވަލުކޮށްފައި އޮތް ނަމަވެސް، މަޖިލިސް ތެރޭގައި ހަމަނުޖެހުން އުފެދުމުން މަޖިލިސް ކުރިއަށްގެންދެވޭ ގޮތެއް ނުވިއެވެ.

މަޖިލިސް ތެރޭގައި މިހާރުވެސް ހަމަނުޖެހުން ހިނގަމުން އަންނައިރު، ސަރުކާރަށް ތާއީދުކުރާ ސަޕޯޓަރުންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން އަންނަނީ މަޖިލިސް ދޮރުމަތީގައި މުޒާހަރާކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް