މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ޕީޕީއެމް/ޕީއެންސީ އިން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ޕީޕީއެމް/ޕީއެންސީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހުށަހަޅައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ހިތަދޫ ދާއި...

28 Jan 2024 | 12:49

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ޕީޕީއެމް/ޕީއެންސީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ހިތަދޫ ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް މަޤާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅި ގަރާރުގައި 23 މެމްބަރަކު ވަނީ ސޮއިކުރައްވާފައެވެ. އަދި މަޖިލީހުގެ ނައިބު ރައީސް، ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވެސް މަގާމުން ވަކިކުރުމަށް ހުށަހެޅި ގަރާރުގައި 23 މެމްބަރަކު ވަނީ ސޮއިކުރައްވާފައެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މި ދެ މައްސަލަ ހުށަހަޅާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އައްޔަންކުރައްވާފައިވާ ކެބިނެޓުގެ ބައެއް ބޭފުޅުންނަށް މަޖިލީހުން ރުހުން ދިނުމުގެ މައްސަލަ ހޫނުވެފައިވަނިކޮށެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ވޯޓަށް އެހުމަށް މިއަދު 1:30 އަށް ތާވަލުކޮށްފައި އޮތް ނަމަވެސް، މަޖިލިސް ތެރޭގައި ހަމަނުޖެހުން އުފެދުމުން މަޖިލިސް ކުރިއަށްގެންދެވޭ ގޮތެއް ނުވިއެވެ.

މަޖިލިސް ތެރޭގައި މިހާރުވެސް ހަމަނުޖެހުން ހިނގަމުން އަންނައިރު، ސަރުކާރަށް ތާއީދުކުރާ ސަޕޯޓަރުންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން އަންނަނީ މަޖިލިސް ދޮރުމަތީގައި މުޒާހަރާކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް