އިމްރާން މަޖިލީހަށް ވާދަކުރައްވަނީ

ކުރީގެ ހޯމް މިނިސްޓަރ އަދި އަދާލާތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މަޖިލީހަށް ވާދަކުރައްވަން ނިންމައިފިއެވެ. އަދާލަތު ޕާޓީން ކުރި އިއުލާނެއްގައި ބުނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދ...

28 Jan 2024 | 09:30

ކުރީގެ ހޯމް މިނިސްޓަރ އަދި އަދާލާތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މަޖިލީހަށް ވާދަކުރައްވަން ނިންމައިފިއެވެ.

އަދާލަތު ޕާޓީން ކުރި އިއުލާނެއްގައި ބުނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން 4 ފަރާތަކަށް ޕާޓީގެ ޓިކެޓު ދިނުމަށް ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން އިމްރާން އަބްދުﷲ ހިމެނޭހެން 4 މީހަކަށް ޓިކެޓު ދިނުމަށް ނިންމާފައިވަނީ އެ ޕާޓީގެ 3 ވަނަ ދައުރުގެ މަޝްވަރާ މަޖިލީހުގެ 33 ވަނަ ބައްދަލުވުމުގައި ފާސްކޮށްގެންނެވެ.

އަދާލަތު ޕާޓީގެ ޓިކެޓުގައި މަޖިލީހުގައި ވާދަކުރައްވާ މެމްބަރުން އަދި ދާއިރާތަކަކީ:

  1. ހުސެއިން ޡަޤީފް، ވައިކަރަދޫ ދާއިރާ
  2. އިމްރާން އަބްދުﷲ، މަކުނުދޫ ދާއިރާ
  3. އިސްމާއިލް ހަމީދު، ފުނަދޫ ދާއިރާ
  4. އިސްމާއިލް އަލީ، އިނގުރައިދޫ ދާއިރާ

ރައްޔިތުންގެ މަޖިލީހުގައި މިވަގުތު އަދާލަތު ޕާޓީގެ އެއްވެސް މެމްބަރަކު ނުހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް