ރުހުން ނުދޭން އުޅެނީ ޒާތީ ކަމެއްގައި: އުޝާމް

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭން ނިންމަނީ ޒާތީ ކަމެއްގައި ކަމަށާއި އެއީ ސަރުކާރު ބަލިކަށި ކުރުމުގެ ނިޔަތުގައި ކުރާ ކަމެއް ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ. އުޝާމް އެކްސްގައ...

28 Jan 2024 | 08:47

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭން ނިންމަނީ ޒާތީ ކަމެއްގައި ކަމަށާއި އެއީ ސަރުކާރު ބަލިކަށި ކުރުމުގެ ނިޔަތުގައި ކުރާ ކަމެއް ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވަޒީފާގެ ހައިސިއްޔަތުން ޕްރޮފެޝަނަލީ ނިންމާފައި އޮތް އެއްވެސް ނިންމުމަކާ ގުޅިގެން ރުހުން ނުދޭން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ. އަދި އެއީ ޒާތީ ގޮތުން ޖައްސާލާ، ސަރުކާރު ބަލިކަށިކުރުމުގެ ނިޔަތުގައި ކުރާ ކަމެއް ކަމަށް އުޝާން ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ ސަރުކާރު ބަލިކަށި ނުކުރެވޭނެ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހުންނެވީ ގަދަކޮށް ކަމަށެވެ.

އުޝާމް މިފައިން ވިދާޅުވެފައި މިވަނީ އިދިކޮޅު ޕާޓީތަކުން އުޝާމްގެ އިތުރުން ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އެ ޕާޓީތަކުން އިއުލާންކޮށްފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް