މީހެއްގެ އެކައުންޓުން 39000 ރުފިޔާ ނެގި މައްސަލައެއްގައި އިންޑިއާ މީހަކު ހޯދަނީ

މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުގައި ހުރި 39000 ރުފިޔާ ނަގާފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ. ހުޅުމާލެ ފޭސް ދެއެއް ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ ...

28 Jan 2024 | 05:52

މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުގައި ހުރި 39000 ރުފިޔާ ނަގާފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

ހުޅުމާލެ ފޭސް ދެއެއް ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގައި ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް ހޯދަމުން އަންނަނީ އިންޑިއާ މީހެކެވެ.

ފުލުހުން އިއުލާންކޮށްފައިވަނީ ސައި ތެޖާ މެދަރަމެޓްލާ، S5052065 މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް 3 ފެބްރުވަރީ 2024 ވާ ދުވަހުގެ 14:00 އަށް ހުޅުމާލެ ފޭސް ދެއެއް ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށެވެ.

މިފަހަކަށް އައިސް ހިނގާ މަކަރާއި ހީލަތުގެ މައްސަލަތަކުގައި ބިދޭސީން ގިނަކަން ފާހަގަކުރެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް