ފުވައްމުލަކުގައި ގެނބިގެން ދިވެއްސަކު ނިޔާވެއްޖެ

ފުވައްމުލައް ސިޓީގައި ގެނބިގެން ދިވެއްސަކު ނިޔާވެއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން ދެންމެ ފުލުހުން ވިދާޅުވީ ފުވައްމުލަކުގައި މޫދަށް އެރި އުޅުނު މީހަކު ގެނބިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާކަ...

28 Jan 2024 | 05:08

ފުވައްމުލައް ސިޓީގައި ގެނބިގެން ދިވެއްސަކު ނިޔާވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ދެންމެ ފުލުހުން ވިދާޅުވީ ފުވައްމުލަކުގައި މޫދަށް އެރި އުޅުނު މީހަކު ގެނބިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ ރިޕޯޓް ހެނދުނު 07:30 ހާއިރު ލިބުނު ކަމަށެވެ.

"ހޮސްޕިޓަލަށް މީހާ ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް