މައިނޯރިޓީ ލީޑަރުކަން މޫސާ ސިރާޖަށް

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖަށް ލިބިވަޑައިގެންފިއެވެ. މޫސާ ސިރާޖަށް މައިނޯރިޓީ ލީޑަރުކަން ލިބިލެއްވީ މި ފަހުން އެމްޑީޕީގެ ބައެއް މެންބަރުން ޕީޕަލްސ...

28 Jan 2024 | 04:18

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖަށް ލިބިވަޑައިގެންފިއެވެ.

މޫސާ ސިރާޖަށް މައިނޯރިޓީ ލީޑަރުކަން ލިބިލެއްވީ މި ފަހުން އެމްޑީޕީގެ ބައެއް މެންބަރުން ޕީޕަލްސް ނެޝަނަލް ކޮންގްރެސް އަށް ސޮއި ކުރުމާއެކު މަޖިލީހުގައި ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ އަދަދުތަކަށް އައި ބަދަލާއި ގުޅިގެންނެވެ.

އެގޮތުން މިކަން އިއުލާނުކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް މިއަދު ވިދާޅުވެފައިވަނީ މިހާރު އައިސްފައިވާ ބަދަލުތަކާއެކު ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ކަމުގައި އިއުލާނުކުރައްވާކަމަށެވެ.

އައި ބަދަލުތަކާއެކު މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރައްވާ މެންބަރުންގެ އަދަދު 44 އަށް ތިރިވެފައިވާއިރު ޕީއެންސީއަށް ނިސްބަތްވާ މެންބަރުންގެ އަދަދު މިވަނީ 14 އަށް އަރާފައެވެ. އޭގެ އިތުރުން ޑިމޮކްރެޓްސް ގެ މެންބަރުންގެ އަދަދަކީ 13 ކަމުގައިވާއިރު ޕީޕީއެމް އަށް ނިސްބަތްވާ މެންބަރުންގެ އަދަދަކީ ދެއެކެވެ. އަދި ޖޭޕީއަށް ނިސްބަތްވާ މެންބަރުންގެ އަދަދަކީވެސް ދެއެކެވެ. މިނިވަން މެންބަރުންގެ އަދަދަކީ ތިނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް