ބައެއް ވަޒީރުންނަށް ރުހުމުގެ ވޯޓު ނުދޭން ޑިމޮކްރެޓްސް އިން ނިންމައިފި

ރައީސް މުއިއްޒު ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓު ނުދޭން ދަ ޑިމޮކްރެޓްސް އިން ނިންމައިފިއެވެ. އެގޮތަށް ނިންމާފައިވާކަން އެ ޕާޓީން ހާމަކޮށްފައިވަނީ މިއަދު އެ ޕާޓީން ނެރެފައިވާ ނުސްބަޔ...

28 Jan 2024 | 03:54

ރައީސް މުއިއްޒު ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓު ނުދޭން ދަ ޑިމޮކްރެޓްސް އިން ނިންމައިފިއެވެ.

އެގޮތަށް ނިންމާފައިވާކަން އެ ޕާޓީން ހާމަކޮށްފައިވަނީ މިއަދު އެ ޕާޓީން ނެރެފައިވާ ނުސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ދަ ޑިމޮކްރެޓްސް ބިނާވެގެންވާ އަސާސްތަކުގެ މައްޗަށް ބަލާއިރު މި ޕާޓީން އިންތިހާއަށް ކަންބޮޑުވާ ސިޔާސަތުތަކެއް ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވައި އެގޮތަށް އަމަލުކުރައްވަމުންގެންދަވާކަން ފާހަގަކުރެވޭ ހިނދު، މި ސަރުކާރުގެ ކެބިނެޓްގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގެ މަޝްވަރާއަށް ފަހު އިއްތިފާގުން ވަނީ ނިންމާފައި ކަމަށެވެ.

ރައްޔިތުންގެ ފަރާތުން ސަރުކާރު ޖަވާބުދާރީކޮށް، ޑިމޮކްރެޓިކް ހެޔޮވެރިކަމުގެ ނިޒާމެއް ގާއިމުވެފައި ބޭއްވުމަށް، ވަރުގަދައަށް ސާބިތުވެ އޮންނަ އިދިކޮޅު ސިޔާސީ ޕާޓީ އާއި އިދިކޮޅު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިބުމަކީ ކޮންމެހެން މުހިއްމުކަމެއް ކަމަށާއި ސަރުކާރު އަމަލުކުރަމުންދާ ގޮތްތައް ގާތުން ބަލައި ސަރުކާރާއި ކެބިނެޓްގެ ވަޒީރުން ޖަވާބުދާރީކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތަކުގެތެރޭގައި ހިމެނޭކަންކަމެއް ކަމަށް އެ ޕާޓީން ގަބޫލުކުރާކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އިދިކޮޅު ޕާލަމެންޓްރީ ގްރޫޕެއްގެ ގޮތުން އެ ޕާލަމެންޓްރީ ގްރޫޕުން އަމަލުކުރާނީ ފުރިހަމަ ޒިންމާދާރުކަމާއި ތެދުވެރިކަމާ އެކުގައި ކަމަށާއި އެގޮތުން ވަޒީރުންނަށް ރުހުން ދިނުމުގައި ވެސް މި ޕާލަމެންޓްރީ ގްރޫޕުން އަމަލުކުރާނީ އެގޮތުގެމަތީންކަމުގައިވެސް އެ ޕާޓީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް