މޫސުން އާންމުގޮތެއްގައި ރަނގަޅުނަމަވެސް ކަނޑު ގަދަ

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު ރާއްޖޭގެ މޫސުން އާންމުގޮތެއްގައި ރަނގަޅު ނަމަވެސް ކަނޑުތައް ގަދަކަމުގައި މެޓުން ބުނެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއ...

28 Jan 2024 | 02:43

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު ރާއްޖޭގެ މޫސުން އާންމުގޮތެއްގައި ރަނގަޅު ނަމަވެސް ކަނޑުތައް ގަދަކަމުގައި މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއިހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

މެޓުގެ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި އިރުއުތުރާއި އިރުން، މެދުރާއްޖޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ.

"މެދުރާއްޖޭގެ ކަނޑުތައް ގަދަވާނެ، އެހެން ހިސާބުތަކުގައި ކަނޑުތައް އާދައިވެރަކަށް ގަދަވާނެ" މެޓުން ބުނެފައިވެއެވެ.

މިއަދު ރާޅުގެ އުސްމިން ހުންނާނެ މިންތަކަށް ބަލައިލާއިރު މެދުރާއްޖޭގައި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދުގައެވެ. އުތުރާއި ދެކުނުގައި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ ތިން ފޫޓާއި ހަ ފޫޓާއި ދެމެދުގައެވެ.

ކަނޑުތައް ގަދަކަމަށް ބުނެފައިވާއިރު މެދުރާއްޖޭގެ އަތޮޅުތަކުގައި ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އެދިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް