ތިން މީހަކު ކަނޑުވެ ދޯންޏެއް އަޑިއަށް ގޮސްފި

މިރޭ އިރުއޮއްސުނު ހާއިރު ހިނގި ހާދިސާއެއްގައި ތިން މީހަކު ކަނޑުވެ ދޯންޏެއް އަޑިއަށް ގޮސްފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި އިރުއޮއްސެން ގާތްވެފައިވަނިކޮށް އަރިއަތޮޅާއި 19 މޭލުން ތިން މީހުންނާއެކު ދަތ...

27 Jan 2024 | 22:32

މިރޭ އިރުއޮއްސުނު ހާއިރު ހިނގި ހާދިސާއެއްގައި ތިން މީހަކު ކަނޑުވެ ދޯންޏެއް އަޑިއަށް ގޮސްފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި އިރުއޮއްސެން ގާތްވެފައިވަނިކޮށް އަރިއަތޮޅާއި 19 މޭލުން ތިން މީހުންނާއެކު ދަތުރުކުރަމުންދިޔަ އެ ދޯނި އަޑިއަށްގޮސް އޭގައި ތިބި ތިން މީހުން އެ ވަގުތު އެ ސަރައްދުން ދަތުރުކުރަމުންދިޔަ، ފިއުލް ސަޕްލައި މޯލްޑިވްސްގެ އުޅަނދަކަށް ނެގި ކަމަށެވެ.

"ތިން މީހުންވެސް ވަނީ މާލެ ގެނެވިފައި، އެ ދޯނިން ދަތުރުކުރީ ދިވެއްސަކާއި ދެ ބިދޭސީ ފަޅުވެރިން، ތިން މީހުންގެ ހާލުވެސް ރަނގަޅު" ފުލުހުން ބުނެފައިވެއެވެ.

މިދުވަސްވަރަކީ މޫސުން ގޯސް، ވައި ގަދަ ދުވަސްވަރަކަށް ވާތީ ދަތުރު ފެށުމުގެ ކުރިން މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ސާފުކުރުމަށާއި ސަލާމަތީގޮތުން ހުންނަންޖެހޭ ތަކެތި ހަމަޔަށް ހުރިކަން ޔަގީންކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް