ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން އިންޑިއާގެ ރައީސް ޑްރޯޕަދީ މުރުމޫ އަށާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފޮނުއްވައިފިއެވެ.
"އިޖުތިމާއީ، އިގްތިސާދީ، ސައިންޓިފިކް، ޓެކްނިކަލް އަދި އެހެނިހެން ދާއިރާތަކުން އިންޑިއާ އިން ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައި. އެގޮތުން ދުނިޔޭގެ މައިދާނުގައި ވަރުގަދަ ހައްޤު ބާރުތަކެއް ހޯދާފައިވާ އަދި ބައިނަލްއަގްވާމީ އެޖެންޑާގައި ހިމެނޭ އެންމެ މުހިންމު މައްސަލަތައް ހައްލުކުރުމުގައި އަމަލީ ގޮތުން ބައިވެރިވާ ޤައުމެއް" ކްރެމްލިން އިން ނެރުނު ތަހުނިޔާގެ މެސެޖުގައި ޕޫޓިން ވިދާޅުވިއެވެ.
މޮސްކޯއިން ނިއުދިއްލީއާ އެކު އޮންނަ ގުޅުމުގެ އަގު ވަޒަންކުރައްވާ ކަމަށާއި، ދެ ގައުމުގެ މަސްލަހަތު ހިމާޔަތްކޮށްދޭ ބިނާކުރަނިވި އެއްބާރުލުން އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ޕޫޓިން ވިދާޅުވިއެވެ.
އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރަން ފެށީ 1950 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އިނގިރޭސިންގެ އިސްތިއުމާރީ ވެރިކަން ނިމުމަކަށް ގެނައުމަށްފަހު އަމަލުކުރަން ފެށި އިންޑިއާގެ ގާނޫނު އަސާސީ ބަލައިގަތް ދުވަހަށްފަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް