ގިނަ ވޯޓު ފޮށިތަކެއްގައި ކުރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވާތީ ނަތީޖާ ޝީޓުތައް ބަލަން ފަށައިފި އެވެ.
މިއަދު ބޭއްވި އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާގޮތުން އިންތިހާބު ކާމިޔާބު ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސް ނަޝީދު އުޅުއްވަނީ ހަ ހާސް ވޯޓުގެ ފަރަގުން ދެ ވަނައިގަ އެވެ.
ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ބުނީ ގިނަ ވޯޓު ފޮށީތަކުގެ ނަތީޖާ ދައްކާގޮތުން ކުރީގައި އުޅުއްވަނީ އެމަނިކުފާނު ކަމަށެވެ. އެ ނަތީޖާ އާއި އެމްޑީޕީގެ އޮފީހުން އާންމު ކުރަމުންދާ ނަތީޖާ ދިމާނުވާތީ ނަތީޖާ ޝީޓުތައް ބަލަމުންދާ ކަމަށް އެ ޓީމުން ބުނެ އެވެ.
ނަޝީދުގެ ކެމްޕެއިން ޓީމުން ބުނީ ނަތީޖާތަކުން ބޮޑު ފަރަގެއް ދައްކަނީ މަދު ބައެއް ތަންތަނުގައި އާދަޔާ ހިލާފަށް ގިނަ ވޯޓު ފޮށީގައި ހުރީމައި ކަމަށެވެ.
https://twitter.com/HassanLatheef/status/1619353796681039872
މި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ10:00 ގެ ކުރިން އިއުލާނު ކޮށް ނިމޭނެ ކަމަށް އޮފީހުން މައުލޫމާތުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް