ސިޔާސީ ފަރާތްތަކުން ރައީސް ސޯލިހަށް މަރުހަބާ ކިޔަން ފަށައިފި

މިއަދު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކާމިޔާބު ކުރެއްވުމުން ސިޔާސީ ފަރާތްތަކުން މަރުހަބާ ކިޔަން ފަށައިފި އެވެ. އ...

28 Jan 2023 | 15:11

މިއަދު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކާމިޔާބު ކުރެއްވުމުން ސިޔާސީ ފަރާތްތަކުން މަރުހަބާ ކިޔަން ފަށައިފި އެވެ.

އިންތިހާބުގައި އެމަނިކުފާނާއި ވާދަކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. މިހާތަނަށް ގުނުނު ވޯޓުގެ ނަތީޖާ ދައްކާގޮތުން ހަ ހާހަށްވުރެ ގިނަ ވޯޓުގެ ފަރަގާއި އެކު ކުރީގައި އުޅުއްވަނީ ރައީސް ސޯލިހެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ އަބްދުﷲ މައުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނާއި ޓީމުން ހޯދި ކާމިޔާބަށް މަރުހަބާ ވިދާޅުވެފައި އެވެ. މައުސޫމް ވިދާޅުވީ އެމްޑީޕީގެ މި ޕްރައިމަރީ ވަނީ ގިނަ ޕާޓީތައް އެކުލެވޭ ޑިމޮކްރެސީގައި އާ އުސްމިނަކަށް ގެންގޮސްދީފައި ކަމަށެވެ.

https://twitter.com/Mausoom_Maus/status/1619322877219864581

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ތަރުޖަމާން އަލީ ނަޒީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޕްރައިމަރީން ހާމަވި ހަގީގަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިމެނޭ އެއްވެސް ޕާޓީއެއްގެ މެމްބަރުންގެ މެދުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހުދުމުހުތާރު ސިޔާސަތުތަކަށް ތާއީދު ނެތްކަން ކަމަށެވެ.

https://twitter.com/alynazeer/status/1619333761799442432

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް