އިސްކަންދަރު ސްކޫލް ސަރަހައްދުން ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

މިއަދު ކުރިއަށްގެންދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިހާބުގެ ނަތީޖާ ގުނަމުންދަނިކޮށް ހަމަނުޖެހުން އުފެއްދިކަމުގެ ތުހުމަތުގައި ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ދެމީހަކު ފުލުހުން...

28 Jan 2023 | 14:25

މިއަދު ކުރިއަށްގެންދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިހާބުގެ ނަތީޖާ ގުނަމުންދަނިކޮށް ހަމަނުޖެހުން އުފެއްދިކަމުގެ ތުހުމަތުގައި ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އިސްކަންދަރު ސްކޫލުގައި ބަހައްޓާފައިވާ ހިންނަވަރު ދާއިރާގެ ފޮށި ސަރަހައްދުންނެވެ.

އެ ސަރަހައްދުގައި ހަމަނުޖެހުމެއް ހިނގީ ވޯޓު ގުނަމުންދަނިކޮށް ވޯޓު ކަރުދާސްތައް ވީދާލަން މީހަކު އުޅުމުންނެވެ.

އެ ސަރަހައްދުން ދެމީހަކު ހައްޔަރުކޮށްފައިވާއިރު މިއަދު ރަތަފަންދޫއާއި ތިނަދޫންވެސް ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ.

އިންތިހާބުގެ ނަތީޖާ އިއުލާނު ކުރަމުން އަންނައިރު މިހާތަނަށް އިއުލާނުކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު ބޮޑުތަނުން ކުރީގައި އުޅެނީ ރައީސް ސޯލިހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް