ޕްރައިމަރީގެ ވަގުތީ ނަތީޖާ މިރޭ 10:0ގެ ކުރިން އިއުލާނު ކުރެވޭނެ: އިންތިޚާބު ކޮމިޓީ

މިއަދު ކުރިއަށް ގެންދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ މިރޭ 10:0ގެ ކުރިން އިއުލާނު ކުރެވޭނެކަމަށް ޕްރައިމަރީގެ ކަންކަން ބަލަހައްޓާ އެ ޕާޓީގެ އިންތިޚާބު ކޮމިޓީން ބުނެފިއެވެ. އެގޮތުން ރިޔ...

28 Jan 2023 | 13:32

މިއަދު ކުރިއަށް ގެންދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ މިރޭ 10:0ގެ ކުރިން އިއުލާނު ކުރެވޭނެކަމަށް ޕްރައިމަރީގެ ކަންކަން ބަލަހައްޓާ އެ ޕާޓީގެ އިންތިޚާބު ކޮމިޓީން ބުނެފިއެވެ.

އެގޮތުން ރިޔާސީ ޕްރައިމަރީގެ ނަތީޖާ މިރޭ 10:00 ގެ ކުރިން އިއުލާން ކުރެވޭނެކަމަށް ލަފާކުރެވޭ ކަމަށް އެމްޑީޕީގެ އިންތިޚާބާއި ބެހޭ ކޮމިޓީގެ މުޤައްރިރު އިބްރާހީމް ވަޙީދު މީޑިއާތަކަށް މައުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވެފައި ވެއެވެ.

އަދި އިންތިހާބާއި ގުޅިގެން ޝަކުވާތައް އަންނަމުންދާކަމަށާއި ޝަކުވާތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން މިހާތަނަށް އިއުލާނުކުރި ނަތީޖާތަކަށް ބަލާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޮޑުތަނުން ކުރި ހޯއްދަވާފައިވާކަން ފާހަގަ ކުރެވެއެވެ.

މި އިންތިހާބުގައި ވާދަކުރައްވަނީ ކެނޑިޑޭޓް ނަމްބަރު 1، ރައީސް މުހައްމަދު ނަޝީދު އަދި ކެނޑިޑޭޓް ނަމްބަރު 2 ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މި ޕްރައިމަރީގައި 57،255 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާއިރު މި އިންތިހާބަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 283 ވޯޓުފޮށި ބަހައްޓާފައިވެއެވެ. އެމްޑީޕީން ބުނީ މިއަދުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 9:00 އިން ހަވީރު 05:00 އާއި ހަމައަށް ކަމަށެވެ.

އެމްޑީޕީއިން ވަނީ މި އިންތިހާބުގެ ވަގުތީ ނަތީޖާ ވަގުތުން ފެންނާނެ އިންތިޒާމެއްވެސް ހަމަޖައްސާފައެވެ. އެ ވެބްސައިޓަކީ  https://rp2023.mdp.org.mv/ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް