އެމްޑީޕީ ރިޔާސީ ޕްރައިމަރީ އިންތިހާބުގެ ވަގުތީ ނަތީޖާ މިހާރު އިއުލާނު ކުރަމުން އަންނައިރު މިހާތަނަށް ނަތީޖާ ލިބުނު 50 ވަރަކަށް ފޮށިން ރައީސް ސޯލިހް ބޮޑުތަނުން ކުރި ހޯއްދަވައިފިއެވެ.
އެގޮތުން 50 ފޮށީގެ ނަތީޖާއަށް ބަލާލާއިރު ރައީސް ނަޝީދަށް ލިބިފައިވަނީ 1816 ވޯޓެވެ. ރައީށް ސޯލިހަށް 3746 ވޯޓު ލިބިފައިވާއިރު އެއީ ގާތްގަނޑަކަށް 67 އިންސައްތައެވެ.
މިހާތަނަށް ނަތީޖާ ލިބިފައިވާ ފޮށިތަކަށް ބަލާއިރު ފުވައްމުލައް ސިޓީގެ ބައެއް ފޮށިތަކާއި އައްޑޫ އަދި ކުޅުދުއްފުށި ސިޓީގެ ބައެއް ފޮށިތަކުގެ ނަތީޖާވެސް ލިބިފައިވެއެވެ. މަދު ފޮއްޓެއް ފިޔަވައި ގިނަ ފޮށިތަކުން އެ ފޮށިތަކަށް ވަކިން ބަލާލިނަމަވެސް ރައީސް ސޯލިހް އުޅުއްވަނީ ރައީސް ނަޝީދަށްވުރެ ބޮޑުތަނުން ކުރީގައެވެ.
މި އިންތިހާބުގައި މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 283 ވޯޓުފޮށި ބަހައްޓާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް