ރައީސް ސޯލިހަށް ކާމިޔާބު ކުރެވިއްޖެ: ކުރިއަށް ޓީމް

އެމްޑީޕީ ރިޔާސީ ޕްރައިމަރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކާމިޔާބު ކުރެވިއްޖެކަމުގައި ރައީސް ސޯލިހްގެ ކެމްޕޭނު ޓީމުން އިއުލާނު ކޮށްފިއެވެ. އެ ޓީމުން ދެންމެ ބުނެފައިވަނީ އެގްޒިޓް ޕޯލްއިން ދައްކާ...

28 Jan 2023 | 12:55

އެމްޑީޕީ ރިޔާސީ ޕްރައިމަރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކާމިޔާބު ކުރެވިއްޖެކަމުގައި ރައީސް ސޯލިހްގެ ކެމްޕޭނު ޓީމުން އިއުލާނު ކޮށްފިއެވެ.

އެ ޓީމުން ދެންމެ ބުނެފައިވަނީ އެގްޒިޓް ޕޯލްއިން ދައްކާގޮތުގައި ރައީސް ސޯލިހް 67 ޕަސެންޓުން މި އިންތިހާބު ކާމިޔާބު ކުރައްވައިފި ކަމަށެވެ. އެ ޓީމުން ރައީސް ސޯލިހަށް މަރުހަބާވެސް ދަންނަވާފައިވެއެވެ.

އެގްޒިޓް ޕޯލަށް ބަލާއިރު ރައީސް ސޯލިހަށް ކާމިޔާބުކުރެވިއްޖެކަމަށް އެ ޓީމުން ބުނާއިރު ރައީސް ނަޝީދުގެ ޓީމުންވެސް ވަނީ އެގްޒިޓް ޕޯލާ ހަވާލާދީ ކާމިޔާބީ އިއުލާނުކޮށްފައެވެ.

ވޯޓު ގުނުން މިހާރު ކުރިއަށްދާއިރު މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު ރައީސް ސޯލިހް އުޅުއްވަނީ ބޮޑުތަނުން ރައީސް ނަޝީދަށްވުރެ ކުރީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް