މިއަދު ކުރިއަށްމިދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިހާބު ކާމިޔާބު ކުރެވިއްޖެކަން ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ޓީމުން އިއުލާނުކޮށްފިއެވެ.
"ރައީސް މުހައްމަދު ނަޝީދު ޕްރައިމަރީ ކާމިޔާބު ކުރައްވައިފި" މި ސުރުހީގައި މީޑިއާތަކަށް އެ ޓީމުން ފޮނުވި ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައީސް ނަޝީދަށް މި އިންތިހާބު ކާމިޔާބު ކުރެވިއްޖެކަމަށް އެގްޒިޓް ޕޯލްތަކުން ދައްކާފައިވާކަމަށެވެ.
"އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި ކެނޑިޑޭޓް ނަންބަރު 1 މުހައްމަދު ނަޝީދަށް 64.7% ގެ ތަނަވަސް އަގުލަބިއްޔަތެއް ލިބިވަޑައިގަންނާވެނެއެވެ" އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ރައީސް ނަޝީދުގެ ފަޅިން އެގްޒިޓް ޕޯލްއާއި ހަވާލާދީ ކާމިޔާބު އިއުލާނުކުރިއިރު ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން އެކުގައި ނިމިފައެއް ނުވެއެވެ. ނަމަވެސް ބައެއް މަރުކަޒުތަކުގައި ވޯޓުފޮށި މިހާރު ވަނީ ބަންދުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް