އިންތިހާބުގެ ތެރެއިން ހައްޔަރުކުރި މީހުން ދޫކޮށްލަން ރައީސް ނަޝީދު ގޮވާލައްވައިފި

މިހާރު ކުރިއަށްދާ، އެމްޑީޕީ ރިޔާސީ ޕްރައިމަރީ އިންތިހާބުގައި ވޯޓުލާން ބޭނުންކުރާ ފޮށިތަކަށް ގެއްލުންދިން ތިން މީހަކު ހައްޔަރުކޮށްފައިވާއިރު އެމީހުން ދޫކޮށްލަން ކެނޑިޑޭޓް ނަމްބަރު އެކެއް، ރައީސް ނަޝީދު...

28 Jan 2023 | 11:38

މިހާރު ކުރިއަށްދާ، އެމްޑީޕީ ރިޔާސީ ޕްރައިމަރީ އިންތިހާބުގައި ވޯޓުލާން ބޭނުންކުރާ ފޮށިތަކަށް ގެއްލުންދިން ތިން މީހަކު ހައްޔަރުކޮށްފައިވާއިރު އެމީހުން ދޫކޮށްލަން ކެނޑިޑޭޓް ނަމްބަރު އެކެއް، ރައީސް ނަޝީދު ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ބައެއް ވޯޓު ފޮށިތަކުގެ ކައިރީގައި އެމަނިކުފާނުގެ ފަރާތުން ތިބި ކިތަންމެ އޮބްޒާވަރުންނާއި ތާއީދު ކުރާ މީހުން ހައްޔަރުކޮށްފައިވާކަމަށެވެ.

"އެމީހުން ވަގުތުން ދޫކޮށްލުމަށް އަދި ވޯޓު ގަޑުބަޑު ކުރާ މީހުންނާއިމެދު ފިޔަވަޅު އެޅުމަށް ގޮވާލަން" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

މިހާތަނަށް ވޯޓު ފޮއްޓަށް ގެއްލުންދިން ދެ މައްސަލައެއްގައި ގދ. ރަތަފަންދޫއިން ދެމީހަކު އަދި ގދ. ތިނަދޫއިން މީހަކު ހައްޔަރުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް