ކޮވިޑަށް ޕޮޒިޓިވް އަދަދު މިއަދުވެސް ހުރީ ކަންބޮޑުވާ މިންވަރަށް

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތިރުވަމުންދާ އިރު، މިއަދުގެ އަދަދުތައް ވެސް ހުރީ ކަންބޮޑުވާ މިންވަރަށެވެ. އެޗްޕީއޭގެ ތަފާސް ހިސާބުން ދައްކާގޮތުގައި ފާއިތުވި 2...

28 Jan 2022 | 17:51

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތިރުވަމުންދާ އިރު، މިއަދުގެ އަދަދުތައް ވެސް ހުރީ ކަންބޮޑުވާ މިންވަރަށެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުން ދައްކާގޮތުގައި ފާއިތުވި 24 ގަޑިއިރު، ރާއްޖެއިން ވަނީ އިތުރު 2510 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އޭގެތެރޭގައި މާލެއިން 1203 މީހުން ހިމެނޭ އިރު، ދެން ހިމެނެނީ އަތޮޅުތަކުން 788 މީހަކާއި ރިސޯޓިތަކުން 41 މީހެކެވެ.

މި އަދަދާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި އަދަދު މިވަނީ 130،599 އަށް އަރާފައެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 49 މީހަކަށް ފަރުވާދެމުން އަންނަ އިރު، ރާއްޖެއިން ކޮވިޑު ބަލީގައި މިހައިތަނަށް ވަނީ 274 މީހުން ނިޔާވެފައެވެ.

https://twitter.com/HPA_MV/status/1487120660862148612

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް