ކެންދޫ މޮނިޓަރިން ހާލަތައް ގެނެސްފި

ކޮވިޑް-19 ގެ ކޭސްތައް އިތުރުވެފައިވާތީވެ، ބ. ކެންދޫ މޮނިޓަރިން ހާލަތައް ގެނެސްފިއެވެ. ކެންދޫ އަށް އަރާ ފޭބުން މަނާ ކޮށްފައި ވާއިރު އެރަށު ހެލްތް ސެންޓަރުން މިރޭ ނެރެފައިވާ އަދާހަމައިން ދައްކާ ގޮތުގައި...

28 Jan 2022 | 17:09

ކޮވިޑް-19 ގެ ކޭސްތައް އިތުރުވެފައިވާތީވެ، ބ. ކެންދޫ މޮނިޓަރިން ހާލަތައް ގެނެސްފިއެވެ.

ކެންދޫ އަށް އަރާ ފޭބުން މަނާ ކޮށްފައި ވާއިރު އެރަށު ހެލްތް ސެންޓަރުން މިރޭ ނެރެފައިވާ އަދާހަމައިން ދައްކާ ގޮތުގައި މިވަގުތު ކޮވިޑް ޖެހިފައި ތިބި 42 މީހަކު އެ ރަށުގައި އެބަތިއްބެވެ.

ކޮވިޑް ބަލި ދެނެގަތުމަށްޓަކައި ކެންދޫ އިން 186 ސާމަޕަލް ނަގާފައި ވާއިރު ނަތީޖާ ނުލިބޭ 9 ސާމްޕަލެއް ވާއިރު 123 ސާމްޕަލް ނެގެޓިވް ވެފައިވެއެވެ.

ކެންދޫގެ މުޖުތަމަޢުތެރެއިން ކޮވިޑްގެ ބަލިމަޑުކަން ފެނިފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް ފެތުރެމުންދާއިރު، އެޗްއީއޯސީ އިން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިވަގުތު 32 ރަށެއް ވަނީ މޮނިޓަރިން ހާލަތަށް ގެނެވިފައެވެ.

ގިނަ ރަށްތަކެއް މަޮނިޓަރިން ހާލަތައް ގެނެވިފައި ވާއިރު ކޮވިޑް ބަލީގައި ރާއްޖެއިން 274 ފަރާތެއް ވަނީ ނިޔާވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް