ށ. ކޮމަންޑޫގައި ހިންގާ ސިޔާސީ ހަރަކާތްތައް އެރަށު ހެލްތް ސެންޓަރުގެ އެންގުމަށް ހުއްޓާލައިފިއެވެ.
އެރަށު ހެލްތު ސެންޓަރުން މިގޮތަށް އަންގާފައި މިވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ ސިޔާސީ ހަރަކާތްތައް މެކުހަށް ޖަހާފައިވާ ދަނޑިވަޅެއްގައެވެ. އަދި އެ ބައި އިލެކްޝަންގައި ވާދަކުރާ ތިން ޕާޓީ ކަމަށްވާ ވެރިކަންކުރާ އެމްޑިޕީ، އިދިކޮޅު ޕީޕީއެމް އަދި އެމްއެންޕީން އަންނަނީ އެދާއިރާގެ ރަށްތަކުގައި ކޮންމެ ދުވަހު ވެސް ޖަލްސާތައް ބާއްވަމުންނެވެ.
ކޮމަންޑު ހެލްތު ސެންޓަރުން މިގޮތަށް އަންގާފައިވަނި ކޮވިޑާއި ގުޅިގެންނެވެ. އަދި މިފަދަ ގިނަ ހަރަކާތްތަކެއްގެ ސަބަބުން އެރަށުގައި ކޮވިޑު ފެތުރި ރަށާއި ރައްޔިތުން ނުރައްކަލެއްގެ ތެރެއަށް ވެއްޓިދާނެތީއެވެ.
އެގޮތުން މިއަދު ހަވީރުގެ ވަގުތެއްގައި އެމްޑީޕީއާއި ޕީޕީއެމް އިން އެރަށުގައި ހިނގާލުމެއް ކުރިއަށް ގެންދިޔައިރު، އެމްއެންޕީގެ ބައެއް މީހުނާއި ޕީޕީއެމްގެ ހިނގާލުމުގައި ބައިވެރިވި މީހުންނާ ދިމާވެ، ބަހުގެ ހަމަލާތަކެއް ވެސް އެއްބަޔަކު އަނެއް ބަޔަކަށް ރައްދުކޮށްފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ކޮމަންޑޫދާއިރާގެ ބައިއިލެކްޝަނަށް ކެންޕެއިނަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އާދަމް ޝަރީފް އުމަރުގެ އިތުރުން ގިނަ މިނިސްޓަރުން ވަނީ ކެންޕެއިން ކުރައްވަން ކޮންޑޫއަށް ވަޑައިގަންނަވާފައެވެ.
މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވެސް މިހާރު އުޅުއްވަނީ އަވަދިނެތި އެދާއިރާގެ ކެމްޕޭނުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ހޯއްދެވުމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް