ސޯޝަލްމީޑިއާއޭ ބުނުމަކުން އަދުގެ މުޖުތަމައަށް މީ މާދުރު އެއްޗަކަށް ނުވެދާނެވެ. ސޯޝަލްމީޑިއާ ގެ ތެރެއިން އިންސްޓަގްރާމާއި، ޓިކޮޓޮކާއި ފޭސްބުކް އަދި މިކަހަލަ އެތަކެއް ޕްލެޓްފޯމް ތަކަކީ ވަކި އުމުރުފުރައަކަށް ނުބަލާ ވަރަށް ފޯރިއާއެކު ބޭނުން ކުރަމުން އަންނަ ޒަމާނީ ހިދުމަތްތަކެވެ.
ވަކިންހާއްސަކޮށް ފޭސްބުކަކީ ރާއްޖޭގައި އެންމެންހެން ބޭނުންކުރާ ޕްލެޓްފޯމެކެވެ. ރާއްޖޭގެ މަޝްރަހުގައި ހިނގާ އެތައް ހަބަރުތަކަކާއި، ހެއްވާ އެތައް ވާހަކަ ތައް ފެނި، ނުދަންނަ އެތައް ރައްޓެހިންނެއް ފޭސްބުކުގެ ޒަރިއްޔާއިން ދިމާވެއެވެ. ހަމައެއާއެކު، އެކިދުވަސްވަރު ހިނގާއެކި ޓްރެންޑްތައް ފޭބުކްގައި ވަރަށް ބާރަށް ކުރިއަށް ދެއެވެ.
ދައްކަން މިއުޅެނީ، މިދުވަސްވަރުވެސް ފޭސްބުކުގެ ޒަރިއްޔާއިން ވަރަށްފޯރިއާކު ހިނގަމުންއަންނަ ރީތިހުސްކުރިއެއްގެ ވާހަކައެވެ. ފޭސްބުކުގައި އެކި ޕޭޖުތައްހަދައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އުޅޭ އެކިމީހުން ގެ ފޮޓޯ ލައި އެމީހަކު ނިސްބައިއްވާ އަތޮޅެއް ނުވަތަ ރަށެއްގެ ނަމުގައި މޮޅު ސުރުހީއެއްޖަހަނީއެވެ. ދެން އެ ޝެއާރ ކުރާމީހަކު ކުރަންވީ އެވެ. މިއީ އެއްބަޔަކައް މާބޮޑު ކަމަކަށް ނުވިނަމަވެސް އަނެއްބަޔަކު ހަމަ ކެކިއަރަނީއެވެ. މިކަން ކުރަނީ ކާކު ކޮންތާކުހުރި މީހެއްތޯބަލަން އުޅޭމީހުން މަދެއްވެސް ނޫނެނެވެ. ބައެއް ފަހަރު މިކަހަލަ ޕޭޖްތައް ހަދައި ފޮޓޯ އާންމުކުރަނީ ކައިރީގައި އުޅޭ ގާތް އެކުވެރިއެކޭ ހީކުރާ މީހުންވެސް ގިނައެވެ.
ސޯޝަލްމީޑިއާގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރުން މިވަނީ ވަރަށްބޮޑަށް ވައިގައިހިފާފައެވެ. ހަނގާ ކުރުމާ މީހުނަށް މަލާމަތުކުރުން ދަނީ ދުވަހެއްދުވަހަކަށް އިތުރުވަމުންނެވެ. ވަކިންހާއްސަކޮށް މި ދިވެހި ރާއްޖެއިންނެވެ. އަނެކާއަށް ދިމާވެދާނެ ނުރައްކަލަކަށް ނުބަލާ، އަނެކާގެ ދިރިއުޅުމަށް އައިސްދާނެ ގޮންޖެހުމަކަށް ނުބަލާ ދިމާކުރާމީހަކު ދިމާކުރަނީއެވެ. މިއީ އަޅުގަނޑުމެން ހުޓާލަންޖެހޭ އާދައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް