ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ސްޓޫޑިއޯ ފަޅާލައި އެތަނުން ބައެއް ތަކެތި ވަގަށްނަގާފައިވާ ކަމަށް އެ ސްޓޫޑިއޯ އިން ބުނެފިއެވެ.
ޑާކް ރެއިންގެ ވެރިޔާ އަދި ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) ވިދާޅުވީ ވައްކަން ކޮށްފައިވަނީ މި ޖާޏާޥާޜި މަހުގެ 26 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށޭޥޭ.
"ވަގަށްނަގާފައި ވަނީ ދެ ’ރޮނިން އާރްއެސް ޓޫ‘ އާޚަޢީ ސިގްމާ 50-100 އެމްއެމްގެ ލެންސެއް. ވަގަށްނަގާފައިވާ ތަކެތީގެ އަގު 40،000 ދިވެހި ރުފިޔާއަށް ވުރެން މަތީގައި އުޅޭނީ." މޮގާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އެހެން އެއްޗެއް ވަގަށް ނަގާފައިވާކަން މިހައިތަނަށް ބެލިބެލުމުން އެނގިފައިނުވާ ކަމަށާއި ސްޓޫޑިއޯ ތެރެއަށް ވަދެފައިވަނީ ސްޓޫޑިއޯގެ ބިތްދޮށް ފަރާތުގައި ހުންނަ ގޮޅިއަކުން ކަމަށެވެ.
https://twitter.com/DarkRainEnt/status/1486780544322920448?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1486780544322920448%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.muniavas.com%2F39833
ރާއްޖޭގެ އެންމެ ވަރުގަދަ އެއް ޕްރޮޑަކްޝަން ހައުސް އިން ބުނީ މި މައްސަލަ، ކަމާއިބެހޭ ފަރާތްތަކަށް ހުށައަޅާފައިވާ ކަމަށެވެ.
ވަގަށް ނަގާފައިވާ ތަކެތިކަމަށް ބެލެވޭ އެއްޗެއް މީހަކު ވިއްކަން އުޅޭނަމަ އެކަން ޑާކް ރެއިންއަށް ނުވަތަ ޑައިރެކްޓަރ އަދި ކެމެރާމަން ޢަލީ ޝިފާޢު (ޗިއްޕެ) އަންގައިދިނުމަށް އެދި ޑާކް ރެއިން އެންޓަޓެއިންމެންޓުން ޓްވީޓެއްވެސް ކޮށްފައިވެއެވެ. މިފަދަ އެއްޗެއް ވިއްކަން އުޅޭކަން އެނގިއްޖެނަމަ7710003 އަށް ގުޅުމަށް ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް