ތުރުކީގެ ފޮރިން މިނިސްޓަރު އެނގިލައްވާތޯ؟

އިއްޔެ އާއި މިއަދު ނޫސްތަކުގެ ހެޑްލައިން އިން ޖާގަ ހޯދާފައި ވަނީ ފުރަތަމަ ފަހަރަށް ތުރުކީގެ ޚާރިޖީ ވަޒީރު ރާއްޖެއަށް ޒިޔާރަތް ކުރަން ހަމަޖެހުނު ވާހަކައެވެ. މިއަދު ހަވީރު ތުރުކީގެ ޚާރިޖީ ވަޒީރު މެވްލުޓ...

28 Jan 2022 | 12:15

އިއްޔެ އާއި މިއަދު ނޫސްތަކުގެ ހެޑްލައިން އިން ޖާގަ ހޯދާފައި ވަނީ ފުރަތަމަ ފަހަރަށް ތުރުކީގެ ޚާރިޖީ ވަޒީރު ރާއްޖެއަށް ޒިޔާރަތް ކުރަން ހަމަޖެހުނު ވާހަކައެވެ. މިއަދު ހަވީރު ތުރުކީގެ ޚާރިޖީ ވަޒީރު މެވްލުޓް ޗަވުސޮލޫ ރާއްޖެ ޒިޔާރަތް ކުރައްވާފައި ވާއިރު "ދުވަސް" ނޫހުން ދެކެނީ އެ މަނިކުފާނާއި ބެހޭގޮތުން ކިޔުންތެރިންނަށް އެނގުން މުހިންމު ކަމުގައެވެ.

އެގޮތުންް މިލިޔުމުގައި އަލިއަޅުވާލާނީ އެމަނިކުފާނުގެ ތައުލީމާއި ސިޔާސީ ތަޖުރިބާއަށެވެ.

މެވްލުޓް ޗަވުސޮލޫ އުފަންވެ ވަޑައިގަތީ 5 ފެބުރުވަރީ 1968 ގައި ތުރުކީގެ އަލާނިޔާ ގައެވެ.

ތަޢުލީމް

މިސްޓަރ ޗަވުސޮލޫ ވަނީ 1988 ވަނަ އަހަރު އަންކާރާ ޔުނިވަރސިޓީއިން އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ޙާޞިލްކުރައްވައި، 1991 ވަނަ އަހަރު ނިއުޔޯކްގެ ލޯންގް އައިލެންޑް ޔުނިވަރސިޓީއިން އިކޮނޮމިކްސްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ޙާޞިލްކުރައްވާފައެވެ.

އަދި 1993 ވަނަ އަހަރު އަންކާރާ ޔުނިވަރސިޓީގައި ޔޫރަޕިއަން ޔޫނިއަންގެ އެކްސްޕަރޓީސް ޕްރޮގްރާމް އިން ޔޫރަޕިއަން ރިސަރޗް ސެންޓަރ ފުރިހަމަ ކުރެއްވިއެވެ.

ޗަވުސޮލޫ ވަނީ ހާއްސަ ދަރިވަރެއްގެ ގޮތުގައި ބިލްކެންޓް ޔުނިވާސިޓީގައި އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ޕީއެޗްޑީ ޑިގްރީ ހާސިލް ކުރައްވައި، 1993 އާއި 1995 އާ ދެމެދު ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް (އެލްއެސްއީ) ގައި ރިސާޗް ފީ ޖީން މޮންނެޓް ފެލޯޝިޕް ހެއްދަވާފައެވެ.

ސިޔާސީ ތަޖުރިބާ

އެމަނިކުފާނު ވަނީ 2003-2014 އަށް ކައުންސިލް އޮފް ޔޫރަޕް (ޕޭސް)ގެ ޕާލަމެންޓްރީ އެސެމްބްލީގައި، ތުރުކީގެ ވަފުދުގެ ނައިބު ރައީސްކަމާއި، ތުރުކީގެ ވަފުދުގެ ޗެއަރމަންކަމާއި، ހިޖުރަކުރުމާބެހޭ ކޮމިޓީގެ ޗެއަރމަންކަމާއި، ހިޖުރަކުރުމާބެހޭ ސަބް ކޮމިޓީގެ ޗެއަރމަންކަމާއި، ޓޫރިޒަމް ތަރައްޤީއާބެހޭ ސަބް ކޮމިޓީގެ ޗެއަރމަންކަމާއި، މޮނިޓަރިންގ ކޮމިޓީގެ މެންބަރުކަމާއި، އިޤްތިޞާދީ ކަންކަމާއި، ތަރައްޤީއާބެހޭ ކޮމިޓީއާއި، ލީގަލް އެފެއާޒް އެންޑް ހިއުމަން ރައިޓްސް ކޮމިޓީ އާއި، ލީގަލް އެފެއާޒް އެންޑް ހިއުމަން ރައިޓްސް ކޮމިޓީ، ސިޔާސީ ކަންކަމާއި ޑިމޮކްރަސީ އާ ބެހޭ ކޮމިޓީ ގައި އެކި މަޤާމްތައް އަދާކުރައްވާފައި ވެއެވެ.

އަދި ޔޫރަޕިއަން ޑިމޮކްރެޓް ގްރޫޕް (އީޑީޖީ)ގެ 2 ވަނަ ވައިސް ޗެއަރމަން އަދި ޗީފް ވިޕްކަންވެސް އޭނާ ވަނީ ކުރައްވާފައެވެ.

ޗަވުސޮލޫ އަކީ 2010-2012 އަށް ކައުންސިލް އޮފް ޔޫރަޕް (ޕޭސް) ގެ ޕާލިމެންޓަރީ އެސެމްބްލީގެ ރައީސް ކަމަށް އިންތިހާބުވެ، މި މަޤާމު ގައި ހުންނެވި ތުރުކީގެ ފުރަތަމަ ޕާލަމެންޓް މެމްބަރެވެ.

އަދި 2014 ވަނަ އަހަރު ޕީއޭއެސްގެ އޮނަރަރީ ޕްރެޒިޑެންޓްގެ ލަޤަބު އޭނާއަށް ވަނީ ލިބިފައެވެ.

އޭނާ އަކީ 27 ޖަނަވަރީ 2012 އިން 31 ޖަނަވަރީ 2014 އަށް ވެނިސް ކޮމިޝަންގައި ޕީއީސް ރެޕްރެޒެންޓޭޓިވްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން، އޭނާ ވަނީ 2007 ވަނަ އަހަރާއި 2010 ވަނަ އަހަރާ ދެމެދު ޔޫރަޕިއަން ސެކިއުރިޓީ އެންޑް ޑިފެންސް އެސެމްބްލީ (އެސެމްބްލީ އޮފް ވެސްޓާން ޔޫރަޕިއަން ޔޫނިއަން) ގައި ތުރުކީ ވަފުދުގެ ޗެއާމަންކަން ވެސް ކުރައްވާފައެވެ.

ޗަވުސޮލޫ ވަނީ 26 ޑިސެމްބަރ 2013 އަދި 29 އޯގަސްޓް 2014 ގައި ޕެޓްވިން އަށް ފަންޑުކޮށް، ރިޕަބްލިކް އޮފް ތުރުކީގެ އައިވޯ އެވާރސް އެންޑް ޗެވް ނިގޯޓިއޭޓަރ ގެ މިނިސްޓަރ ގެ މަޤާމު ފުރުއްވާފައެވެ.

އަދި އޭނާ ވަނީ 29 އޮގަސްޓް 2014 އިން 30 އޮގަސްޓް 2015 އަށް ތުރުކީ ރިޕަބްލިކްގެ 62 ވަނަ ސަރުކާރުގައި ޚާރިޖީ ވަޒީރުކަން ކުރައްވައި، 24 ނޮވެމްބަރު 2015 ގައި 64 ވަނަ ތުރުކީ ރިޕަބްލިކް ސަރުކާރުގައި ޚާރިޖީ ވަޒީރުކަމަށް އަލުން އައްޔަން ކުރައްވާފައެވެ.

އެމަނިކުފާނަކީ ތުރުކީ ގެ ރައީސް ރަޗިޕް ތައްޔިޕް އެރްދޮއާންގެ އެންމެ އަރިސް އެއް ބޭފުޅާއެވެ. އަދި ޔޫރަޕް ބައްރުގެ ވެސް އެންމެ ނުފޫޒުގަދަ އެއް ސިޔާސީ ލީޑަރުގެ ގޮތުގައި ވެސް މިނިސްޓަރު ޗަވުސޮލޫ ވަނީ ފާހަގަކުރެވިފައެވެ.

މިނިސްޓަރު ޗަވުސޮލޫ އަކީ އިނގިރޭސި، ޖަރުމަނު އަދި ޖަޕާނު ބަސް ފަދަ އެތައް ބަހަކުން ވާހަކަފުޅުދައްކަން ފަރިތަ ބޭފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް