ތުރުކީގެ ފޮރިން މިނިސްޓަރ ރާއްޖެ ވަޑައިގެންފި

ތުރުކީގެ ފޮރިން މިނިސްޓަރ މެވްލުޓް ޗަވުސޮލޫ، ރާއްޖެ ވަޑައިގެންފިއެވެ. އެމަނިކުފާނަށް ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ. ރާއްޖޭގެ ފޮރިން މި...

28 Jan 2022 | 11:47

ތުރުކީގެ ފޮރިން މިނިސްޓަރ މެވްލުޓް ޗަވުސޮލޫ، ރާއްޖެ ވަޑައިގެންފިއެވެ.

އެމަނިކުފާނަށް ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރ އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ތުރުކީގެ ޚާރިޖީ ވަޒީރު މެވްލުތު ގެ މި ދަތުރުފުޅުގައި ދެޤައުމުގެ ގުޅުން އެކި ދާއިރާތަކުން ބަދަހިކުރުމަށް ފަސް އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދެގައުމުގެ ދެމެދު ބާއްވަވާ ރަސްމީ މަޝްވަރާތައް އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ނިންމާފައިވާ އިރު، އެ މަޝްވަރާތަކަށްފަހު ދެ ޤައުމުގެ ދެމެދު ފަސް ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް އެއްބަސްވުން އެކުލަވާލުމަށް ވަނީ ނިންމާފައެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ދެޤައުމުގެ ދެމެދު އެކުލަވާލާ އެއްބަސްވުންތަކުގެ ތެރޭގައި ވިޔަފާރިއާއި އެނޫން ވެސް ދާއިރާތައް ހިމެނޭ ކަމަށެވެ.

ތުރުކީ ގެ ޚާރިޖީ ވަޒީރު ގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލުކުރެއްވުމަށް ވެސް ވަނީ ނިންމާފައެވެ.

https://twitter.com/mofamv/status/1487023521351888899?s=21

ރާއްޖޭގެ ފޮރިން މިނިސްޓަރުގެ ދަޢުވަތަކަށް މިދިޔަމަހު ވަނީ ޗައިނާގެ ޚާރިޖީ ވަޒީރު ވެސް ރާއްޖެއަށް ވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް