ސިޓީ ކައުންސިލްގެ ޒިޔާރަތްކުރުންތަކާއި ބައްދަލުވުންތައް މެދުކަނޑާލަނީ

މާލޭ ސިޓީ ކައުންސިލްގެ އެކި ދާއިރާތަކަށް މޭޔަރާއި ކައުންސިލުގެ މެންބަރުން ކުރަމުން އައި ޒިޔާރަތާއި، އަވަށު ބައްދަލުވުންތައް މެދުކަނޑާލަން ނިންމައިފިއެވެ. މީގެ އިތުރުން މިސްކިތްތަކަށް ބޭނުންވާ ފަންޑު ހ...

28 Jan 2022 | 10:45

މާލޭ ސިޓީ ކައުންސިލްގެ އެކި ދާއިރާތަކަށް މޭޔަރާއި ކައުންސިލުގެ މެންބަރުން ކުރަމުން އައި ޒިޔާރަތާއި، އަވަށު ބައްދަލުވުންތައް މެދުކަނޑާލަން ނިންމައިފިއެވެ.

މީގެ އިތުރުން މިސްކިތްތަކަށް ބޭނުންވާ ފަންޑު ހޯދުމަށްޓަކައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ހަރަކާތްތައްވެސް ވަނީ ފަސްކޮށްފައެވެ.

މާލޭ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 37 ވަނަ ޖަލްސާގައި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ސިޓީ ކައުންސިލުގެ ބައެއް ކަންކަން މެދުކަނޑާލަން ނިންމެވީ މާލޭގައި ކޯވިޑު ފެތުރުން ވަރަށް ބޮޑަށް އިތުރުވެފައި ވާތީ ކަމަށެވެ.

ނަމަވެސް މި ކަންކަން މިވަގުތަށް މެދުކަނޑައިލި ނަމަވެސް ހާލަތު ރަނގަޅު ވުމާއެކު ކުރިއެކޭ އެއްގޮތަށް ބައްދަލުވުންތަކާއި އެނޫންވެސް ކަންކަން ރާވާފައިވާ ގޮތަށް ކުރިއަށް ގެންދާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް