ކުރީގެ ފްލޫ ކްލިނިކުގައި ރޯވެ އަނދަނީ

މާލޭ ހިޔާ ފްލެޓްތަކުގެ ފުރަގަހުގައި ކުރީގެ ފްލޫ ކްލިނިކް ހިންގި ތަނުގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ. އެމްއެންޑީއެފުން ބުނެފައިވަނީ ކުރީގެ ރުމާލު 2 ހިންގި ޖަގަހައިގާ އަލިފާނުގެ ހާދިސާއެއް ހިނގަ...

28 Jan 2022 | 10:09

މާލޭ ހިޔާ ފްލެޓްތަކުގެ ފުރަގަހުގައި ކުރީގެ ފްލޫ ކްލިނިކް ހިންގި ތަނުގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ ކުރީގެ ރުމާލު 2 ހިންގި ޖަގަހައިގާ އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ރިޕޯޓް ލިބުނީ 2:47ގައި ކަމަށާއި އެތާނގައި ރޯވި އަލިފާން 15:41ގައި ނިއްވާލެވިފައިވާކަމަށް ސިފައިން ބުނެއެވެ.

އެތާނގައި އަލިފާން ރޯވެފައިވާއިރު ފްލޫ ކްލިނިކެއްގެ ގޮތުގައި އެތަން ބޭނުންކުރުމަށްފަހު ދޫކޮށްލުމުން އެތަން ވެގެންދިޔައީ ޑްރަގް އައްޑާއަކަށެވެ. ޑްރަގުގެ އެ އައްޑާގެ ވާހަކަ އިއްޔެ، މިހާރު ނޫހުން ގެނެސްދިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް