ޕޯލަށް ދެވަނަ ދުވަސް: ފެންނަނީ ރާޝިދު ކިހިލީގަ ޖަހާލައިގެން ފަތުހީ ކުރިއަށްދާ މަންޒަރު – ހަންނާން އަދިވެސް ފެންނާކަށް ނެތް !

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް އަމާޒުކޮށް، ދުވަހުން އިއްޔެއިން ފެށިގެން ފޭސްބުކްގައި ކުރިއަށްގެންދާ ހިޔާލު ހޯދުމުގެ ވޯޓަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެއެވެ. ހިޔާލު ހޯދުމުގެ އެ ވޯޓުގައި ބަލާލާފ...

28 Jan 2022 | 09:28

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް އަމާޒުކޮށް، ދުވަހުން އިއްޔެއިން ފެށިގެން ފޭސްބުކްގައި ކުރިއަށްގެންދާ ހިޔާލު ހޯދުމުގެ ވޯޓަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެއެވެ.

ހިޔާލު ހޯދުމުގެ އެ ވޯޓުގައި ބަލާލާފައިވާނީ މި ބައި އިލެކްޝަން ކާމިޔާބު ކުރާނެކަމަށް ގަބޫލު ކުރެވެނީ ރާޝިދުތޯ؟ ފަތުހީތޯ؟ ނުވަތަ ހަންނާނުތޯ؟ އެވެ.

ހިޔާލު ހޯދުމުގެ މި ވޯޓަށް މިހާރު 48 ގަޑިއިރުވެފައިވާއިރު ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަތުހީއަށް 856 ވޯޓު ލިބިފައިވެއެވެ. އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދަށް 378 ވޯޓު ލިބިފައިވާއިރު އެމްއެންޕީގެ ކެނޑިޑޭޓް އަބްދުލްހަންނާން އިދުރީހަށް ލިބިފައިވަނީ އެންމެ 95 ވޯޓެވެ.

ތިރީގައިވާ ލިންކުން ދެވޭ މަންޒިލުން، ހިޔާލު ހޯދުމުގެ މި ވޯޓުގައި ބައިވެރިވެލެއްވޭނެއެވެ.

https://web.facebook.com/groups/1659194854294008/posts/3031605393719607/

މި ވޯޓަކީ މި ބައި-އިލެކްޝަންގެ ނަތީޖާ ގޮސްދާނެ ގޮތާއިމެދު ރާއްޖޭގެ އާއްމު އާބާދީ ދެކެނީ ކިހިނެއްތޯ ބަލައިލުމަށް ދުވަހުން ކުރިއަށްގެންދާ، ހިޔާލު ހޯދުމުގެ ވޯޓެކެވެ. މި ވޯޓު އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ރޭ 23:59 ވަންދެން ކުރިއަށްދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް