ހުޅުމާލޭ ރުށްގަނޑު އަދި ފޭސް 2 ގެ ކަލެކްޝަން ސެންޓަރު މިއަދު ބަންދުވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިއަދު ކޮށްފައުވާ ޓްވީޓެއްގައި ބުނީ އެ ސެންޓަރުތައް މިއަދު ބަންދުވާނެ ކަމަށެވެ.
https://twitter.com/HPA_MV/status/1486952620850032641
މިފަހަކަށް އައިސް ކޮވިޑް-19 ގެ ބަލިމަޑުކަން އިތުރުވެފައި މިވަނީ އޮމިކްރޯން ވޭރިއަންޓުގެ ސަބަބުންނެވެ. އަދި އެއާއެކު ދުވާލެއްގެ މައްޗަށް ޕޮޒިޓިވް ވާ ޢަދަދު ވެސް އިތުރުވަމުންދާތީ، އެޗްޕީއޭ އިން އަންނަނީ ސާމަޕަލް ސެންޓަރުތައް ވެސް އިތުރުކުރަމުންނެވެ.
އެގޮތުން ހުޅުމާލޭ ފޭސް ދޭއްގައި ކޯވިޑް-19އަށް ޓެސްޓު ކުރެވޭ ސާމްޕަލް ކަލެކްޝަން ސެންޓަރެއް ހުޅުވީ މި މަހުގެ 25 ވަނަ ދުވަހުއެވެ. މި ސެންޓަރު ހުންނަނީ ހިޔާ ފްލެޓުތަކުގެ ތެރެއިން އެޗް 8 ކައިރީގައެވެ. އަދި ހުޅުމާލޭ ފޭސް އެކެއްގެ ރުއް ގަނޑު އެކެއްގައި ވެސް ވަނީ ސާމްޕަލް ކަލެކްޝަން ސެންޓަރެއް ހުޅުވާފައެވެ.
ދެން ސާމްޕަލް ކަލެކްޓު ކުރަމުންދަނީ ހެންވޭރު ދަނޑުގައި ހަދާފައިވާ ސެންޓަރާއި ސޯޝަލް ސެންޓަރާއި ވިލިމާލޭ ފްލޫ ކްލިނިކް އަދި ސިނަމާލެ ބްރިޖު ކައިރީގައެވެ.
މާލޭގެ ޕޮޒިޓިވިޓީ ރޭޓު ފަސް ޕަސެންޓަށްވުރެ އިތުރުވެފައިވާތީ މިހާރު އަތޮޅުތެރެއަށް ދަތުރު ކުރެވެނީ ޕިސީއާރު ޓެސްޓުގެ ނެގެޓިވް ނަތީޖާއަކާއި އެކުއެވެ. އެޗްޕީއޭއިން މިގޮތަށް ނިންމުމާއި ގިނަ އަދަދެއްގެ ބަޔަކު އަތޮޅުތެރެއަށް ދަތުރު ކުރުމަށް ޓެސްޓު ހަދަން ކިޔޫ ހަދާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް