ވެމްކޯ ގެ ނިންމުން ބަދަލުކޮށް ހިޔާ ފްލެޓުތަކުގެ ކުނި ނެގުން އަނެއްކާވެސް ހިލޭ ކޮށްދީފި

ވެމްކޯ ގެ ނިންމުން ބަދަލުކޮށް ހިޔާ ފްލެޓުތަކުގެ ކުނި ނެގުން އަނެއްކާ ވެސް ހިލޭކޮށްދީފިއެވެ. އެ ކުންފުނިން ކުރިން ނިންމާފައި އޮތީ ހިޔާ ފްލެޓްތަކުގެ ކުނި އުކާލުމަށް އެދި ފްލެޓްތަކުން ރަޖިސްޓްރީކޮށް އެ ޚ...

28 Jan 2022 | 07:32

ވެމްކޯ ގެ ނިންމުން ބަދަލުކޮށް ހިޔާ ފްލެޓުތަކުގެ ކުނި ނެގުން އަނެއްކާ ވެސް ހިލޭކޮށްދީފިއެވެ.

އެ ކުންފުނިން ކުރިން ނިންމާފައި އޮތީ ހިޔާ ފްލެޓްތަކުގެ ކުނި އުކާލުމަށް އެދި ފްލެޓްތަކުން ރަޖިސްޓްރީކޮށް އެ ޚިދުމަތަށް ބިލްކުރަން ފަށާ ގޮތަށެވެ.

އެހެންނަމަވެސް އެ ނިންމުމަށް ބަދަލި ގެނެއީ ފްލެޓްތަކުގައި މީހުން އާބާދުވާ މިންވަރަށް ބަލައި، އެ މީހުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށް ވެމްކޯ އިން ވަނީ ބުނެފައެވެ. އަދި ކުނި އުކާލުމުގެ ޚިދުމަތަށް ބިލުކޮށް އެ ޚިދުމަތަށް ފައިސާ ނަގަން ފަށާނެ ދުވަހެއް ފަހުން އިޢުލާން ކުރާނެ ކަމަށް ވެސް ބުންޏެވެ.

https://twitter.com/WAMCOmv/status/1486600856300523520?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1486600856300523520%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fthepress.mv%2F133294

ހިޔާ ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތްތައް ނިންމަން އެޗްޑީސީން ވަނީ އަންނަ މާރޗު މަހުގެ ނިޔަލަށް މުއްދަތު ދީފައެވެ. އަދި އެ މުއްދަތުގައި ފްލެޓްތަކުން ކުލި ނުނަގާ ގޮތަށް ވެސް ވަނީ ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް