ވެކްސިންގެ ހަމަހަމަކަން ޤާއިމްކުރުމަށް އދ ޢާއްމު މަޖިލީހުގެ ރައީސް ފެއްޓެވި ކެމްޕޭނަށް ޑަބްލިޔު.އެޗް.އޯގެ ވެރިޔާ ތާއީދު

ވެކްސިން އިކުއިޓީ، ނުވަތަ ވެކްސިންގެ ހަމަހަމަކަން ޤާއިމްކުރުމަށް އދ ޢާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ފެއްޓެވި ކެމްޕޭނަށް ޑަބްލިޔު.އެޗް.އޯގެ ވެރިޔާ ތާއީދު ކުރައްވައިފިއެވެ....

28 Jan 2022 | 06:40

ވެކްސިން އިކުއިޓީ، ނުވަތަ ވެކްސިންގެ ހަމަހަމަކަން ޤާއިމްކުރުމަށް އދ ޢާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ފެއްޓެވި ކެމްޕޭނަށް ޑަބްލިޔު.އެޗް.އޯގެ ވެރިޔާ ތާއީދު ކުރައްވައިފިއެވެ.

މިކަމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުނިޔޭގެ އެންމެނަށް ހަމަހަމަކޮށް ވެކްސިން ލިބޭނެ ފުރުސަތު ހޯދައިދިނުމަށް އާއްމު މަޖިލީހުގެ ރައީސް ފައްޓަވާފައިވާ މަސައްކަތްތަކަށް މަރުޙަބާ ވިދާޅުވާ ކަމަށާއި މިކަމުގައި އާއްމު މަޖިލީހުގެ ރައީސް ޝާހިދުގެ ލީޑަރޝިޕަށް ފުރިހަމަޔަށް ތާއީދުކުރައްވާކަމަށެވެ.

https://twitter.com/drtedros/status/1486604229254991873?s=24

އދގެ ޢާއްމު މަޖިލީހުގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ދުވަހު އދގެ 193 ގައުމާ މުޚާތަބުކުރައްވައި އެންމެ ފުރަތަމަ ދެއްވި ތަގުރީރުގައި ވެސް ކޮވިޑް-19ގެ ވެކްސިން ދުނިޔޭގެ އެންމެނަށް ހަމަހަމަ ގޮތެއްގައި ލިބިދިނުމަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ.

2022 ވަނަ އަހަރުގެ އައު އަހަރުގެ ޝިއާރެއްގެ ގޮތުގައި ޝާހިދު ފެއްޓެވި #ވެކްސިންއިކުއިޓީ ކެމްޕޭންގައި ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކާ ޖަމްއިއްޔާތަކުން ވަނީ ބައިވެރިވެފައެވެ.

މި ފެށޭ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އދގެ އާއްމު މަޖިލީހުގެ ރައީސްގެ އިސްނެންގެވުމުގެ މަތިން ގައުމުތަކުގެ އެންމެ އިސްވެރިންގެ ފެންވަރުގެ ބައްދަލުވުމެއް މިކަމާ ބެހޭ ގޮތުން ބާއްވަން އދ އިން ވަނީ އިއުލާންކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް