ފަތުރުވެރިންނަށް މޫދު ހަރަކާތްތައް ކުރިއަށް ގެންދާއިރު ސަމާލުވާން އިލްތިމާސްކޮށްފި

ރާއްޖެއަންނަަ ފަތުރުވެރިންނަށް މޫދު ހަރަކާތްތައް  ކުރިއަށްގެންދާއިރު ސަމާލުވުމަށް ރިސޯޓުތަކާއި ގެސްޓުހައުސްތަކާއި ލިވަބޯޑުތަކަށް އަންގައިފިއެވެ. ޓޫރިޒަމް މިނިސްޓްރީން އިއްޔެ އެތަންތަނަށް ފޮނުވި ސާކިއު...

28 Jan 2022 | 06:19

ރާއްޖެއަންނަަ ފަތުރުވެރިންނަށް މޫދު ހަރަކާތްތައް  ކުރިއަށްގެންދާއިރު ސަމާލުވުމަށް ރިސޯޓުތަކާއި ގެސްޓުހައުސްތަކާއި ލިވަބޯޑުތަކަށް އަންގައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ އެތަންތަނަށް ފޮނުވި ސާކިއުލާގައި ވަނީ މި ފަަހަކަށް އައިސް ފަތުރުވެރިންނަށް މޫދުގައި ދިމާވާ ނުރައްކާތެރި ހާދިސާތައް އިތުރުވެފައިވާތީ، އެ ތަންތަނުގައި ސަލާމަތީ އާލާތްތައް ޤަވައިދުގައިވާ ގޮތަށް ހަމަކުރަން އަންގާފައެވެ.

އެގޮތުން އެ ސާކިއުލާގައި ވަނީ ހާއްސަކޮށް ސްވިމިން ޕޫލްތަކަށް އެެރޭއިރުގައްޔާއި ސްނޯކަލިންއަށްދާއިރު ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ހަނދާންކޮށްދީފައެވެ.

ރިސޯޓުތަކާއި ގެސްޓުހައުސްތަކާއި ލިވަބޯޑުތަކުން ފަތުރުވެރިންނަށް މޫދު ހަރަކާތްތައް ކުރިއަށްގެންދާއިރު ސަމާލުވާން ހަނދާންކޮށްދީފައި ވާއިރު، މިމަހުގެ ތެރޭގައި ވެސް މޫދަށް އެރި އުޅުނު ފަތުރުވެރިޔެއްގެ އިތުރުން ޑައިވިނަށް ދިޔަ ފަތުރުވެރިޔަކު ވަނީ މަރުވެފައި އޮއްވާ ފެނިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް