ހިރިމަރަދޫ އަތިރިމަތީ ރާޅު ޖަހާ ހިސާބުގައި، އަންހެނަކު މަރުވެފައި އޮއްވަ ފެނިއްޖެ

ހދ. ހިރިމަރަދޫ އަތިރި މަތީގައި މަރުވެފައި އޮތް އަންހެނަކު ފެނިއްޖެ އެވެ. ފުލުހުންގެ މީޑިއާއިން ބުނީ ހާދިސާގެ ރިޕޯޓު ކުރީ އިއްޔެ މެންދުރު 1:30 ހާއިރު ކަމަށެވެ. އެ ރިޕޯޓު ކުރީ އެ ރަށު ބައެކެވެ. ފުލުހުން...

28 Jan 2022 | 04:18

ހދ. ހިރިމަރަދޫ އަތިރި މަތީގައި މަރުވެފައި އޮތް އަންހެނަކު ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާއިން ބުނީ ހާދިސާގެ ރިޕޯޓު ކުރީ އިއްޔެ މެންދުރު 1:30 ހާއިރު ކަމަށެވެ. އެ ރިޕޯޓު ކުރީ އެ ރަށު ބައެކެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވަ ފެނުނީ އުމުރުން 71 އަހަރު މީހެއް ކަމަށެވެ.

އެމީހާ މަރުވެފައި އޮތީ އަތިރިމަތީ ރާޅު ޖަހާ ހިސާބުގައި މޫދުގައި ކަމަށް މައުލޫމާތުދެ އެވެ.

މިހާތަނަށް ބެލި ބެލުމުން އެމީހާގެ ހަށިގަނޑުން އެއްވެސް ޒަހަމެއް ފެނިފައެއް ނުވެ އެވެ.

ފުލުހުން ބުނީ މިކަމާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ،

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް