މިއަދު ކޯވިޑް-19 އިތުރު 106 މީހުން ޕޮސިޓިވް ވެއްޖެ އެވެ.
މިއަދު ޕޮސިޓިވްވެފައި ވަނީ، މާލެ ސަރަހައްދުން 93 މީހުންނާއި ރިސޯޓުތަކުން އަށް މީހުންނެވެ. ދެން ޕޮސިޓިވްވެފައިވަނީ އަތޮޅުތަކުގެ ރަށްތަކުން ހަތަރު މީހުންނާއި ސަފާރީތަކުން އެކަކެވެ.
މިއަދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 3،292 ސާމްޕަލެވެ.
މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 1،410 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 116 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ ތެރެއިން މާލެ ސަރަހައްދުގައި ދަރުމަވަނަތް ހޮސްޕިޓަލާއި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 105 މީހުން އެޑްމިޓްކޮށްފައިވެ އެވެ. އަތޮޅު ތެރޭގެ ފެސިލިޓީތަކުގެ ތެރެއިން ގއ. ވިލިނގިލީ ކޯވިޑް ފެސިލިޓީގައި ފަސް މީހަކަށް އަދި ލ. ގަން ކޯވިޑް ފެސިލިޓީގައި ހަ މީހަކަށް އެޑްމިޓް ކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދު 62 މީހަކު ބަލިން ރަނގަޅުވެފައިވެ އެވެ. އެއާ އެކު ޖުމްލަ 14،028 މީހުން ވަނީ ކޯވިޑުން ރަނގަޅުވެފައި އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހިފައިވަނީ 15،496 މީހުންނަށެވެ. އޭގެ ތެރެއިން 51 މީހަކު ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް