ދުވަސް ޓީމުން، އުޅެ އުޅެ އެއީ ކާކު ކަމެއް ހަމަ ގައިމުވެސް ނޭނގުނެވެ. ނަމަވެސް އެނގޭހާވެސް އެއްޗަކީ ނޫހަކުން ލުއި ސަފްހާގެ ހަބަރެއް ލިޔެފިއްޔާ "ވަލެންޓީނޯ މައްކު" ގެ ކޮމެންޓެއް ނެތި ނުދާކަމެވެ. އަދި ފާހަގަވާ ކަމަކީ ނަމަކަށް ކޮމެންޓެއް ކޮށްލަނީ ނޫންކަމެވެ. ކޮމެންޓްކުރާ އެހެން އެންމެން ހެއްވާލާވަރުގެ މޮޅު ކޮމެންޓެއް ހަމަ ކޮންމެ ފަހަރަކުވެސް ކޮށްލައެވެ.
ވަލެންޓީނޯ މައްކު، މި ނަމުގައި ފޭސްބުކް އައިޑީގެ ފަހަތުގައިވަނީ ކާކުތޯ ހޯދަން ދުވަސް ޓީމުންވެސް މަސައްކަތްތަކެއް ކޮށްފީމެވެ. ޝުކުރު އަދާކޮށް ފަށްފަށުން ތައުރީފުކޮށް އަދި ނުވިތާކަށް އަގެއް ކިޔައިގެންވެސް އިންޓަވިއުއެއް ދޭކަށް އެއްބަހެއް ނުވިއެވެ. އަންހެނެއް ކަމެއް ފިރިހެނެއް ކަމެއްވެސް ސާފެއް ނުވިއެވެ.
އޭނާ ހަމަ އެކަނި ބުނި މިންވަރަކީ މަޝްހޫރުވާން ބޭނުން ނުވާކަމަށެވެ. ޕޭޖްތަކާއި ނޫސްތަކުގެ ކޮމެންޓް ސެކްސަނުގައި ކޮމެންޓް ކުރުން އެއީ މަޖަލަކަށް ކުރާ ކަމެއް ކަމެއް ކަމަށެވެ.
ކޮންމެއަކަސް، ވަލެންޓީނޯ މައްކުއަށް ދުވަސްގެ ފަރާތުން ވަރަށް ހާއްސަ ޝުކުރެއް އަދާކުރަމެވެ. އަދި "ބެސްޓް ކޮމެންޓަރ އޮފް ޖެނުއަރީ 2021" ގެ ރަމްޒީ ލަގަބުވެސް އަރުވަމެވެ.
އަދިވެސް އެއްފަހަރު ޝުކުރިއްޔާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް