ކާފިއު ގަޑީގައި ބޭރުގައި އުޅޭނަމަ ޖޫރިމަނާ ކުރަނީ

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި މިހާރު އިއުލާނުކޮށްފައިވާ ކާފިއު ގަޑީގައި ބޭރުގައި އުޅޭ ފަރާތްތައް ޖޫރިމަނާ ކުރަމުންދާނެ ކަަމަށް ފުލުހުން ހާމަކޮށްފިއެވެ. މާލެ ސަރަހައްދުގައި އަނެއްކާވެސް ކޮވ...

28 Jan 2021 | 16:07

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި މިހާރު އިއުލާނުކޮށްފައިވާ ކާފިއު ގަޑީގައި ބޭރުގައި އުޅޭ ފަރާތްތައް ޖޫރިމަނާ ކުރަމުންދާނެ ކަަމަށް ފުލުހުން ހާމަކޮށްފިއެވެ.

މާލެ ސަރަހައްދުގައި އަނެއްކާވެސް ކޮވިޑް-19 ފެތުރެން ވަނީ ފަށާފައި ވާއިރު، މާލެއިން މިހާރު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތައް ވަނީ އިތުރުވެފައެވެ. އެހެންކަމުން އެކަމާ ގުޅިގެން ކާފިޔު އިއުލާނު ކޮށްފައި ވާއިރު،  ދަންވަރު 12 ގެ ފަހުން މާލެ ސަރަހައްދުގައި ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ.

އެހެންކަމުން މާލެ ސަރަހައްދުގައި ދަންވަރު 12 އިން ފަތިހު 4 އާ ދެމެދު މީހުން ބޭރަށް ނުކުމެ އުޅުން މަނާވާއިރު، ދުއްވާ އެއްޗެހި ދުއްވުންވެސް މަނާ ވާނެ އެވެ.

ފުލުހުން މިއަދު ވިދާޅުވީ، 27 ވަނަ ދުވަހުގެ ރެއިން ފެށިގެން ކާފިއު ވަގުތުގައި ބޭރުގައި އުޅުމަކީ މަނާ ކަމެއް ކަމަށާއި މިކަން ތަންފީޒު ކުރަން ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާނެ ކަމަށެވެ.

ފުލުހުން ވަނީ ބޭރުގައި އުޅޭއިރު މާސްކު އެޅުމަކީ މަޖުބޫރު ކަމެއް ކަމަށާއި އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފުވާ ފަރާތްތައް އިތުރު އިންޒާރަކާއި ނުލައި ޖޫރިމަނާ ކުރާނެ ކަމަށް ވިދާޅުވެފައެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް