ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އަންނަ މަހު ހަމަވަނީ

ކުރިޔަށް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ނަން އަބުރާ ގެންދިއުމުގެ ފުރުސަތު އަންނަ މަހު ހަމަވާނެ ކަމަށް އިލެކްޝަންސް ...

28 Jan 2021 | 14:07

ކުރިޔަށް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ނަން އަބުރާ ގެންދިއުމުގެ ފުރުސަތު އަންނަ މަހު ހަމަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ކައުންސިލް އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ ކޯވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރުގެ އޭޕްރިލް ހަތަރު ވަނަ ދުވަހު ބާއްވަން ހަމަޖެހިފައި އޮތް އިންތިހާބު ފަސް ކުރަން ޖެހުމުންނެވެ. އީސީން ފުރުސަތު ހުޅުވާލަމުން ބުނެފައިވަނީ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ބަންދު ކުރުމުގެ 10 ދުވަސް ކުރިން އެކަން އިއުލާނު ކުރާނެ ކަމަށެވެ.

އިލެލްޝަންސް ކޮމިޝަނުން މިއަދު ބުނީ ފެބްރުއަރީ 11 ވަނަ ދުވަހު އެ ފުރުސަތު ހަމަވާގޮތަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. ނަން އަނބުރާ ގެންދިއުމުގެ އެންމެ ފަހުގެ ތާރީހަކީ އެ ދުވަހުގެ މެންދުރު 2:00 އެވެ.

މިހާތަނަށް 150 އަށް ވުރެ ގިނަ ކެންޑިޑޭޓުން ނަން ގެންގޮސްފައިވެ އެވެ. އަދި ދެ ކެންޑިޑޭޓަކު ވަނީ މަރުވެފައި އެވެ.

އެންމެ ގިނަ ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވަނީ ވެރިކަން ކުރާ އެމްޑީޕީންނެވެ.

ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި 1،000 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަ ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް