އަދުރޭ އާއި ޝުޖާއު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފި

އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ އާއި ނައިބު ރައީސް އިބްރާހިމް ޝުޖާއު ފުލުހުންގެ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ. އެ ދެބޭފުޅުން ހައްޔަރު ކުރީ އިންޑިއާއިން ރާ...

28 Jan 2021 | 12:09

އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ އާއި ނައިބު ރައީސް އިބްރާހިމް ޝުޖާއު ފުލުހުންގެ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ.

އެ ދެބޭފުޅުން ހައްޔަރު ކުރީ އިންޑިއާއިން ރާއްޖެއަށް ދިން ކޯވިޑް-19 ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލާ ކުރި މުޒާހަރާއެއްގެ ތެެރެއިން ނެވެ. އެ މުޒާހަރާ ކުރީ އިއްޔެ މެންދުރު ހެލްތް މިނިސްޓްރީ ކައިރީގައި އެވެ.

އެ ދެބޭފުޅުން ހައްޔަރުކުރުމަށް ފަހު ރޭ އިރާކޮޅު ވަނީ ދޫނިދޫ ޖަލަށް ބަދަލު ކޮށްފައި އެވެ.

މިއަދު މުއްދަތު އިތުރު ކުރުމަށް ބޭއްވި އަޑުއެހުމުގައި ކޯޓުން އަމުރު ކުރީ އެ އަދުރޭ އާއި ޝުޖާއު ދޫކޮށްލާށެވެ. ކޯޓުން ހުކުމް ކުރީ ބަންދުގެ މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށެވެ.

އިއްޔެ ހައްޔަރު ކުރި މި ދެ ބޭފުޅުން މިއަދު ވަނީ ޑޮކްޓަރަށް ދައްކަން ފުލުހުންގެ ކްލިނިކަށް މާލެ ގެނެސްފައި އެވެ.

މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރީ އޭގެ ފަހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް