ޓިކްޓޮކް ނިމްޝާ ވަޒީފާއިން ކަނޑައެއް ނުލާ، އަމިއްލައަށް ކެނޑުނީ!

ޓިކްޓޮކްގައި މަޝްހޫރު ތަރި ނިމްޝާ ޒާހިރު (ނިމް) މޯލްޑިވިއަންގެ ކެބިން ކުރޫގެ ވަޒީފާއިން ވަކި ކުރިކަމަށް ދެކެވެމުންދާ ވާހަކަތައް މޯލްޑިވިއަންއިން ދޮގުކޮށްފި އެވެ. ސޯޝަލް މީޑިއާގައި އަޑުފެތުރުނު ގޮތުގައ...

28 Jan 2021 | 11:31

ޓިކްޓޮކްގައި މަޝްހޫރު ތަރި ނިމްޝާ ޒާހިރު (ނިމް) މޯލްޑިވިއަންގެ ކެބިން ކުރޫގެ ވަޒީފާއިން ވަކި ކުރިކަމަށް ދެކެވެމުންދާ ވާހަކަތައް މޯލްޑިވިއަންއިން ދޮގުކޮށްފި އެވެ.

ސޯޝަލް މީޑިއާގައި އަޑުފެތުރުނު ގޮތުގައި ނިމް ވަޒީފާއިން ވަކި ކުރީ ނިވާކަން ކުޑަ ހެދުން ލައިގެން ވީޑިއޯތަކެއް ކުޅުނު މައްސަލައިގަ އެވެ.

އެކަމަކު އޭނާ މޯލްޑިވިއަންގެ ވަޒީފާއިން ކަނޑާލާފައި ނުވާނެ ކަން އެ އެއާލައިނުން "ދުވަސް" ވަނީ ކަށަވަރުކޮށްދީފައި އެވެ.

މި ވާހަކަތަކާއި ގުޅިގެން ނިމް މީޑިއާގައި ބުނީ އޭނާ ވަޒީފާއިން ކަނޑާލީ ނޫން ކަމަށާއި އަމިއްލައަށް ވަޒީފާއިން ވަކިވީ ކަމަށެވެ. އަދި މޯލްޑިވިއަންއިން އޭނާ ވަޒީފާއިން ކަނޑާލި ކަމަށް ދެކެވެމުންދާ ވާހަކައަކީ ދޮގެއްކަމަށް ބުނެފައިވެ އެވެ.

އޭނާ ބުނެފައިވާ ގޮތުގައި ވަޒީފާއިން ކެނޑުނީ ބަލިހާލަތު ހުރިގޮތުންނާއި ވަޒީފާގެ އެހެން ފުރުސަތު ތަކެއް ލިބިގެންނެވެ. ނިމް ބުނީ އޭނާ ބަލިވެ އުޅޭތާ 10 ވަރަކަށް ދުވަސްވެފައިވައިރު މިހާރުވެސް އޮތީ ހޮސްޕިޓަލްގައި އެޑްމިޓްކޮަށްފައި ކަމަށެވެ.

ޓިކްޓޮކްގައި ހަރަކާތްތެރި އަދި ގިނަ ބައެއްގެ ސަޕޯޓު ހޯދަމުން އަންނަ ނިމް ބުނެފައިވަނީ ބަލި ރަނގަޅުވިހާ އަވަހަކަށް ވީޑިއޯތައް ލާން ފަށާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް