ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 އަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅިގެން 14 ކެންޑިޑޭޓަކު ނަންއަނބުރާ ގެންގޮސްފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ކޮށްފައިވާ އިއުލާނުގައި ވާ ގޮތުން، ނަން އަނބުރާ ގެންގޮސްފައި ވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ 2 ކެނޑިޑޭޓަކާއި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ 7 ކެނޑިޑޭޓެއްގެ އިތުރުން، އަމިއްލަގޮތުން ކުރިމަތިލި 5 ކެނޑީޑޭޓުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް