ބީއެމްއެލް ކާޑު ބޭނުން ކޮށްގެން ވިޔަފާރި ކުރުމުން ކޮންމެ ހަފުތާއަކު 5،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ފަށަައިފި

ބީއެމްއެލް ކާޑު ބޭނުން ކޮށްގެން ވިޔަފާރި ކުރުމުން ކޮންމެ ހަފުތާއަކު 5،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ފަށަައިފި އެވެ. އެ ބޭންކުން ބުނީ ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ވި...

28 Jan 2021 | 10:56

ބީއެމްއެލް ކާޑު ބޭނުން ކޮށްގެން ވިޔަފާރި ކުރުމުން ކޮންމެ ހަފުތާއަކު 5،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ފަށަައިފި އެވެ.

އެ ބޭންކުން ބުނީ ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ޚާއްސަ ޕްރޮމޯޝަން ފަށާފައިވަނީ މިއަދު ކަމަށެވެ. އަދި މި ޕްރޮމޯޝަން މާރިޗު މަހުގެ 28 ވަނަ ދުވަހާ ހަމަޔަށް ކުރިއަށް ދާނެ ކަމަށެވެ.

ޕްރޮމޯޝަނުގައި ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބިގެންދާނެ ކަމަށް އެ ބޭންކުން ބުނެއެވެ. މި ގޮތަށް 9 ހަފްތާގައި ނަސީބުވެރިން ހޮވުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތަކަށް 20،000 ރުފިޔާގެ ގިފްޓްކާޑެއް ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

މި ޕްރޮމޯޝަންގައި ހިމެނުމަށް ހަމަޖެހިފައިވަނީ ކާޑު ބޭނުންކޮށްގެން ކަސްޓަމަރުން ރާއްޖޭގައި ކުރާ ވިޔަފާރި މުއާމަލާތްތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް